ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ޕޮޒިޓިވްވި މީހަކު މައުލޫމާތުދޭން ދެކޮޅު ހަދާތީ ނަން ހާމަކުރަނީ

މިހާތަނަށް ބައްޔަށް ޕޮޒިޓިވްވީ މީހަކު ތެދު މައުލޫމާތު ދިނުމަށް ދެކޮޅު ހަދަމުންދާތީ އޭނާގެ މައުލޫމާތު ހާމަކުރަން ތައްޔާރުވެއްޖެ އެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއައިއޯސީ) އިން މިހާރު ބާއްވަމުންދާ ނޫސްވެރިންގެ ބައްދަލްވުމުގައި ޑރ. ނަޒްލާ ރަފީގު ވިދާޅުވީ މިހާތަނަށް ބައްޔަށް ޕޮޒިޓިވްވީ މީހުންގެ ކޮންޓެކްޓްރޭސިންގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެހެން ނަމަވެސް އެމީހުންގެ ތެރޭގައި އެކަކު މައުލޫމާތު ދިނުމަށް ދެކޮޅު ހަދާ، ފުރިހަމަ މައުލޫމާތު ނުދޭކަން ފާހަގަ ކުރެވޭތީ އެކަމުގެ ކަންބޮޑުވުން ނަޒްލާ ވަނީ ފާޅުކުރައްވާފައެވެ.

"..އަޅުގަނޑުމެންނަށް ފާހަގަކުރެވޭ މީގެ ތެރެއިން އެއް ބޭފުޅަކު އަޅުގަނޑުމެންނަށް ބެލެވޭ ރަނގަޅު މައުލޫމާތު ފުރިހަމައަށް ދެއްވަމުން ނުގެންދަވާ ކަމަށް. އެކަމާ ގުޅިގެން ކޮންޓްރެކްޓްރޭސިންގެ މަސައްކަތް އަދިވެސް އިތުރަށް ކުރިއަށް ގެންދަންޖެހޭ." ޑރ. ނަޒްލާ ވިދާޅުވިއެވެ.

ނަޒްލާ ވިދާޅުވީ ކޮންޓެކްޓްރޭސިންގެ މަސައްކަތަކީ އެހާ އަވަހަށް މުޅިން ނިންމާލެވޭނެ މަސައްކަތެއް ނޫން ކަމަށެވެ.

ނޫސްވެރިންގެ މި ބައްދަލްވުމުގައި އެންއައިއޯސީގެ ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވީ ސައްހަ މައުލޫމާތު ދިނުމަށް ދެކޮޅު ހަދަމުންދާ މީހާގެ މައްސަލަ އެ ސެންޓަރުގެ ސަމާލުކަމަށްވެސް އައިސްފައިވާ ކަމަށެވެ. އަދި އޭނާގެ ފަރާތުން މައުލޫމާތު ސާފުކުުރުމުގެ މަސައްކަތް މިހާރު ފުލުހުން ކުރަމުން ގެންދާ ކަމަށެވެ. އަދި އޭނާގެ ފަރާތުން އެއްބާރުލުމެއް ނުލިބޭނެމަ މިރޭ 21:00 ގެ ކުރިން އޭނާގެ ޒާތީ މައުލޫމާތު ހާމަކުރާނެ ކަމަށެވެ.

"..އަޅުގަނޑުވެސް ފާހަގަކޮށްލަން ބޭނުން ޑޮކްޓަރު އެ ވިދާޅުވި ގޮތަށް އަޅުގަނޑުމެންނަށް ފުރިހަމަ އެއްބާރުލުން ނުލިބި ހުރި މީހަކުވާ ކަމަށް ކޮންޓްކްޓްރޭސިންގެ މަސައްކަތް ކުރާ ޓީމުން ވަނީ އަޅުގަނޑުމެންނަށް މައުލޫމާތު ދީފައި، އަދި އެމީހާގެ ގާތުން އެ މައުލޫމާތު ސާފުކުރުމަށް ފުލުހުން މިހާރު ގެންދަނީ މަސައްކަތް ކުރަމުން. މި ގޮތުންވެސް އެކަށީގެންވާ އެެއްބާރުލުން ނުލިބިއްޖެނަމަ މިރޭގެ ޕްރެސްގެ ކުރިން އެމީހާ ބެހޭ ޒާތީ މައުލޫމާތު ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް އޭނާގެ ޒާތީ މައުލޫމާތު ހާމަކުރާނެ އިނގޭތޯ." މަބުރޫކް ވިދާޅުވި އެވެ.

އަޅުގަނޑުވެސް ފާހަގަކޮށްލަން ބޭނުން ޑޮކްޓަރު އެ ވިދާޅުވި ގޮތަށް އަޅުގަނޑުމެންނަށް ފުރިހަމަ އެއްބާރުލުން ނުލިބި ހުރި މީހަކުވާ ކަމަށް ކޮންޓްކްޓްރޭސިންގެ މަސައްކަތް ކުރާ ޓީމުން ވަނީ އަޅުގަނޑުމެންނަށް މައުލޫމާތު ދީފައި، އަދި އެމީހާގެ ގާތުން އެ މައުލޫމާތު ސާފުކުރުމަށް ފުލުހުން މިހާރު ގެންދަނީ މަސައްކަތް ކުރަމުން. މި ގޮތުންވެސް އެކަށީގެންވާ އެެއްބާރުލުން ނުލިބިއްޖެނަމަ މިރޭގެ ޕްރެސްގެ ކުރިން އެމީހާ ބެހޭ ޒާތީ މައުލޫމާތު ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް އޭނާގެ ޒާތީ މައުލޫމާތު ހާމަކުރާނެ އިނގޭތޯ
މަބުރޫކް އަޒީޒް | އެންއައިއޯސީގެ ތަރުޖަމާން

އާންމު ސިއްހަތު ރައްކާތެރިކޮށް ދެމެހެއްޓުމަށް، ނުރައްކާތެރި ހާލަތެއްގައި ބައްޔެއް ޖެހިފައިވާ މީހެއްގެ ނަން ހާމަކޮށް، އާންމުކޮށް އިއުލާނު ކުރުމަށް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ނިންމަވައި އެއަށް އަމަލު ކުރަން ފަށާފައިވަނީ އިއްޔެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީއިން އެކުލަވާލައި "އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނު"ގެ ދަށުން ކަނޑައާޅާފައިވާ ވަކި ހާލަތްތަކުގައި ނުރައްކާތެރި ބައްޔެއް ނުވަތަ ގައިން ގަޔަށް އަރާ ބައްޔެއް ފެތުރުނަ ނުދިއުމަށްޓަކައި ވަކި ފަރާތެއްގެ ނަން ހާމަ ކުރެވޭނީ އެކަން ނުކޮށް އާއްމު ސިއްހަތު ރައްކާތެރި ނުކުރެވޭނެ މިންވަރަށް އެކަމުގެ ނުރައްކާ އޮތް ނަމަ އެވެ.

މި ގަވައިދުގެ (ށ)ގެ ދަށުން، މީހެއްގެ ނަން ހާމަ ކުރުމަކީ މުހިންމު ކަމެއް ކަމަށް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަަށް ފެނި، އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް އެކަން ކުރުމުގެ ބާރު ލިބެ އެވެ. ނަން ހާމަ ކުރުމުގެ އުސޫލުގެ ދަށުން، ބައްޔެއް ޖެހިފައިވާ މީހާގެ ނަން ހާމަ ކުރުމުގެ ކުރިން ބައެއް ކަންކަމަށް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތުން ރިއާޔަތް ކުރަން ޖެހެ އެވެ.

އެގޮތުން، ނަން ހާމަ ކޮށްގެން ބަލި ކޮންޓްރޯލް ކުރުމުގެ ފފުރުސަތު އޮތް މިންވަރަށް ބެލުމާއި، ހާމަ ކުރުމުން ނިކުންނާނެ ނަތީޖާ އާއި ނަން ހާމަ ކުރުމުން މުޖުތަމައު އަށާއި އޭނާއާ ގުޅުުންހުރި މީހުންނަށް ކުރާނެ ނޭދެވޭ އަސަރު އަދި ބަލިން ރައްކާތެރިވުމަށް ފިޔަވަޅު އެޅުމަށް އޮތް ފުރުސަތަށް ބަލަން ޖެހޭ ކަމަށް އުސޫލުގައި ވެ އެވެ. މީގެ އިތުރުން، ނަން ހާމަ ކުރާ ފަރާތުގެ އެއްބާރުލުން ދޭ މިންވަރަށްވެސް ބެލުމަށް އުސޫލުގައި ވަނީ ބަޔާން ކޮށްފަ އެވެ.