ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ގޭގެއަށް "ތާޒާ" ގެންގޮސް ދިނުން ހުއްޓާލައިފި

Apr 19, 2020
7

"ތާޒާ" ފެން ވަކިވަކި ގޭގެ އަށް ގެންގޮސް ދިނުމުގެ ހިދުމަތް އައިލެންޑް ބެވަރޭޖަސް ކުންފުނިން ހުއްޓާލަން ނިންމައިފި އެވެ.

އައިލެންޑް ބެވަރޭޖަސް ކުންފުނިން ނެރެފައިވާ ބަޔާނެއްގައި ބުނީ ކޮވިޑް-19 އާ ގުޅިގެން މިހާރު މި އޮތް ހާލަތާ ގުޅިގެން ވަކިވަކި ގޭގެ އަށް ފެން ގޮސް ދިނުމަށް މި ވަގުތު ދިމާވެފައިވާ ބޮޑެތި ގޮންޖެހުންތަކާ ގުޅިގެން އެކަން ހުއްޓާލަން ނިންމާފައިވާ ކަމަށެވެ.

ގޭގެ އަށް ފެން ގެންގޮސް ދިނުން ހުއްޓާލި ނަމަވެސް، މާލެ ސަރަހައްދާއި ރާއްޖޭގެ އެހެނިހެން ސަރަހައްދު ތަކަށް ދަތި ނުވެ ތާޒާ ފެން، ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން، މާލެ ސަރަހައްދުގެ ފިހާރަތަކާއި ރަށްރަށުން އަންނަ ދޯނި ފަހަރަށް ފެން ފޯރުކޮށް ދޭނެ އެވެ.

އައިލެންޑް ބެވަރޭޖަސް ކުންފުނިން ވަނީ ތާޒާ ފެން ސަޕްލައި ކުރުމަށް ޑިމާންޑް ބޮޑުވުމުގެ ސަބަބުން ފުލުހުން މެދުވެރިކޮށް ވެސް ފެން ސަޕްލައި ކޮށްފަ އެވެ.

ކޮވިޑް-19 އާ ގުޅިގެން މާލެ ވަނީ 14 ދުވަހަށް ލޮކްޑައުން ކޮށްފަ އެވެ. ލޮކްޑަރުން ކުރުމާއެކު ގިނަ ގޭގެއަށް މިހާރު ކާބޯތަކެތި ފޯރުކޮށްދެނީ ޑެލިވަރީ ހިދުމަތް މެދުވެރިކޮށެވެ.