ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ނޮޅިވަރަމުން ކުޅުފުއްޓަށް ކެނޯއެއްގައި ދިޔަ މީހަކު ހައްޔަރުކޮށްފި

Apr 20, 2020

ހދ. ނޮޅިވަރަމުން އެ އަތޮޅު، ކުޅުދުއްފުށީ ސިޓީއަށް ކެނޯއެއްގައި ދިޔަ ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިރޭ ބުނީ އޭނާ ކުޅުދުއްފުއްޓަށް އަރާފައިވަނީ އެ ސިޓީގެ އެއާޕޯޓް ރަންވޭ ހުޅަނގު ކޮޅުން ކަމަށެވެ. ކެނޯއެއްގައި އެ ދެ މީހުން ދަތުރުކޮށްފައިވަނީ އެ ކެނޯގެ ވެރިފަރާތުގެ ހުއްދަ ވެސް ނެތި އެވެ.

އެޗްޕީއޭއިން ވަނީ އެއް ރަށުން އަނެއް ރަށަށް މީހުން ދަތުރުކުރުން މަނާ ކޮށްފަ އެވެ. އަދި އެ އަތޮޅުގެ ގިނަ ރަށްރަށްތަކެއް ލޮކްޑައުން ކޮށްފައިވެސްވެ އެވެ. ހއ. އުލިގަމުން ވަނީ ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވްވެފަ އެވެ. އޭނާއާ ގުޅުން ހުރި މީހުން އެކި ރަށްރަށުގައި އެކަހެރިކޮށްފައިވެ އެވެ.