ހަބަރު

ދެ ބައި އިލެކްޝަނެއްގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރަން ހުށަހަޅަން ފުރުސަތު ހުޅުވާލައިފި

Jan 7, 2015
1

ދެ ކައުންސިލަކުން ހުސްވެފައިވާ ގޮނޑިއަށް މެމްބަރުން ހޮވަން ބާއްވާ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރަން ހުށަހެޅުމުގެ ފުރުސަތު އެ ޕާޓީން ހުޅުވާލައިފި އެވެ.

އެމްޑީޕީން މިއަދު ފުރުސަތު ހުޅުވާލާފައިވަނީ ހއ. މުރައިދޫ ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް ކުރިމަތިލުމަށާއި ދ. އަތޮޅު ކައުންސިލްގެ މީދޫ ދާއިރާއިން ހުސްވެފައިވާ ގޮނޑިއަށް އެ ޕާޓީގެ ޓިކެޓްގައި ކުރިމަތިލުމަށެވެ. އެ ޕާޓީން މިއަދު ނެރެފައިވާ އިއުލާނެއްގައިވަނީ މުރައިދޫ ކައުންސިލްގެ ގޮނޑިއަށް ވާދަކުރަން ބޭނުންވާ ފަރާތްތަކުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހޭ ފޯމް ފުރިހަމަ ކޮށް މިމަހުގެ 12 ވަނަ ދުވަހުގެ 3:00 ގެ ކުރިން އެ ޕާޓީގެ އޮފީހަށް ހުށަހަޅަންޖެހޭނެ ކަމަށެވެ. އަދި ދ. އަތޮޅު ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ފޯމް ހުށަހަޅަންޖެހޭނީ މިމަހުގެ 13 ވަނަ ދުވަހުގެ 3:00 ގެ ކުރިން ކަމަށް އެ އިއުލާނެއްގައިވެ އެވެ.

ނަމަވެސް އެމްޑީޕީގެ ފަރާތުން ވާދަކުރަން އެއް ބޭފުޅަކަށް ވުރެ ގިނައިން ކުރިމަތިލައިފި ނަމަ ޓިކެޓް ލިބޭނީ ޕްރައިމަރީއަކުން ކަމަށް އެ އިއުލާނުގައިވެ އެވެ.