ހަބަރު

ސިފައިންނަށް ރައީސް ޝުކުރު އަދާކުރައްވައިފި

Apr 21, 2020
1

ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ދެމެހެއްޓުމަށް ސިފައިން ކުރަމުންދާ މަސައްކަތް ފާހަގަ ކުރައްވައި ސިފައިންނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި ސިފައިންގެ ވެރިޔާ ޝުކުރު އަދާ ކުރައްވައިފި އެވެ.

މިއަދަކީ ސިފައިންގެ ހިދުމަތަށް 128 އަހަރު ފުރޭ ދުވަހެވެ. ދުވަހާ ގުޅިގެން ރައީސް ސޯލިހު ކުރެއްވި ޓްވީޓްގައި ވިދާޅުވީ ސިފައިންގެ ދުވަހުގެ ތަހުނިޔާއާއި މުބާރިކްބާދީ ހުރިހާ ސިފައިންނަށް އަރިސް ކުރައްވާ ކަމަށެވެ.

"ރާއްޖޭގެ އިސްތިގުލާލާއި މިނިވަންކަން ދަމަހައްޓައި ރައްޔިތުންގެ ރައްކާތެރިކަމަށް ކޮށްދެއްވާ ތިޔަ އަގުހުރި މަސައްކަތަށް އިހުލާސްތެރި ޝުކުރު ދަންނަވަން،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ސިފައިންގެ ހިދުމަތަށް 128 އަހަރު ފުރުނު ފާހަގަ ކުރާ އަހަރުގެ ޝިއާރަކީ "ސިފައިންގެ ހިތްވަރު - ގައުމުގެ ސަލާމަތެ" ވެ. ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ މި ޝިއާރު ބިނާކޮށްފައިވަނީ ރައްޔިތުންގެ ޝުއޫރުތަކުގެ މައްޗަށް ކަމަށެވެ.

ދިވެހި ސިފައިން އުފެދުނީ ނޫރައްދީން ބަންޑާރައިންގެ ރަސްކަމުގަ އެވެ. ފުރަތަމަ ކޮމާންޑަރަކީ މީރުބަހުރު އިސްމާއީލް ދީދީ އެވެ.