ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ހަތަރު ރަށަކާއި ރިސޯޓެއް މޮނިޓަރިން ހާލަތަށް

ކޮވިޑް-19 އާ ގުޅިގެން، އިތުރު ހަތަރު ރަށަކާއި ރިސޯޓެއް މޮނިޓަރިންގެ ހާލަތަށް ގެންގޮސްފި އެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއައިއޯސީ) އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމުގައި އެ ސެންޓަރުގެ ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވީ އިތުރު ހަތަރު ރަށަކާއި ރިސޯޓެއް މޮނިޓަރިންގެ ހާލަތަށް މިއަދު ގެންގޮސްފަައިވާ ކަމަށެވެ.

އެ ރަށްތަކަކީ ކ. ތުލުސްދޫ އާއި ކ. ކުޑަވިލިނގިއްޔާއި ބ. ފުޅަދޫ އާއި ދ. ކުދަހުވަދޫ އަދި ތުޅާގިރި އައިލެންޑް ރިިސޯޓު، އެވެ.

މީގެ އިތުރުން މޮނިޓަރިންގެ ހާލަތުގައި ކުރިން ހުރި ބައެއް ރަށްތައް މިހާރު ވަނީ އާއްމު ހާލަތަށް ގެނެސްފަ އެވެ. އެގޮތުން ހދ. ނޮޅިވަރަމް އާއި ރ. މުރަަވަންދޫ އަދި ރ. ބޮޑުފުށި އެވެ.

ކުރިން ފަށައިގެން މޮނިޓަރިންގެ ހާލަތުގައި ހުރި ބައެއް ތަންތަން އަދިވެސް ވަނީ މޮނިޓަރިންގެ ހާލަތުގަ އެވެ. އެ ތަންތަނަކީ

  • ކ. ގުރައިދޫ
  • ހއ. މާރަންދޫ
  • ހދ. ވައިކަރަދޫ
  • ހދ. ހިރިމަރަދޫ
  • ހއ. ހޯރަފުށި
  • ހއ. ތުރާކުނު
  • ހއ. އިހަވަންދޫ
  • ހއ. އުލިގަމު
  • ގްރޭޓާ މާލެ އޭރިއާ
  • ޖޯލި މޯލްޑިވްސް
  • މޯލްޑިވިއާނާ ސަފާރީ

ކޮވިޑް-19 އަށް މިއަދު އެކަނި މިހާތަނަށް 13 މީހަކު ވަނީ ޕޮޒިޓިވްވެފައި އެވެ. ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 83 އަށް އަރާފަ އެވެ. އޭގެ ތެރެއިން 16 މީހެއް ވަނީ ރަނގަޅުވެފަ އެވެ.