ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ހާލުޖެހޭ މީހުނަށް ޒަކާތު ފަންޑުން އެއް މިލިއަންރުފިޔާ

ކޮވިޑް-19 އާއެކު ހާލުގައި ޖެހޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އިސްލާމިކް މިނިސްޓަރު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވެފައިވާއިރު ކޮވިޑް-19 އާއެކު މިހާރުވެސް ގިނަ އަދަދެއްގެ ދިވެހިންގެ ވަޒީފާ ގެއްލި މާލޭގައި ދިރިއުޅޭ ތަނަށް ކުލި ނުދެއްކި މަގުމަތިވެފައި ވެއެވެ. ކުލި ނުދެއްކުމުގެ އިތުރުން މާލެއަށް ބޭސްފަރުވާ އަށް އައިސް ތިބު ފަރާތްތަކާއި މާލޭގައި ގެދޮރު ނެތި މަގުމަތީގައި ދިރިއުޅޭ ފަރާތްތަށް ވަނީ ހާލުގަ ޖެހިފަ އެވެ.

އަވަސްއަށް ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު މިއަދު ވިދާޅުވީ މިވަގުތު ހާލުގައި ޖެހޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭން ޒަކާތު ފަންޑުން އެއް މިލިއަން ރުފިޔާ ޖެންޑާ މިނިސްޓްރީ އާއި ހަވާލު ކުރާނެ ކަމަށެވެ.

ޒާހިރު ވިދާޅުވީ އެ ފައިސާ ޖެންޑާ މިނިސްޓްރީ އާއި ހަވާލު ކުރަން ނިންމާފައި ވަނީ ހާލުގައި ޖެހޭ ފަރާތްތައް ބަލަމުން ދަނީ އެ މިނިސްޓްރީން ކަމަށްވާތީ ކަމަށެވެ.

"އަޅުގަނޑުމެން މިހާރު ނިންމާފަ މިވަނީ މަގުމަތިވެ ހާލުގަ ޖެހިގެން ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންދާ ފަރާތްތަކަށް ޒަކާތު ފަންޑުން އެހީތެރކަން ފޯރުކޮށްދޭން. ހާއްސަކޮށް އެފަރާތްތަކުގެ ކެއިން ބުއިމުގެ ކަންކަމަށް އަޅުގަނޑުމެން ނިންމީ ޒަކާތު ފަންޑުން އެއްމިލިއަން ރުފިޔާ ހަރަދު ކުރުމަށް." މިނިސްޓަރު ވިދާޅުވި އެވެ.

މީގެ ކުރިން ޒަކާތު ފަންޑުން އެހީތެރިކަން ފޯރު ކޮށްދިނީ ރާއްޖެއިން ބެރުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށާއި ފަގީރުންގެ ގޮތުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.