ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

އިތުރު ނުވަ މީހަކު ޕޮޒިޓިވް ވެއްޖެ

Apr 23, 2020

ކޮވިޑް-19 އަށް މާލެ އިން އިތުރު ނުވަ މީހުން ޕޮޒިޓިވް ވެޖެއެވެ.

ރާއްޖެއިން އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ ހަތަރު ދިވެހިންނާއި ބަންގްލަދޭޝްގެ ފަސް މީހުނެވެ. އެޗްޕީއޭއިން ބުނި ގޮތުގައި އަލަށް ޕޮޒިޓިވް މީހުންް އައިސޮލޭޝަން ފެސިލިޓީއަށް ގެންދިއުމުގެ މަސައްކަތްތައް މިހާރު ވަނީ ފަށާފަ އެވެ.

އެޗްޕީއޭއިން ޕޮޒިޓިވް މީހެއްގެ ނަތީޖާ އިއުލާން ނުކުރާތާ 14 ގަޑިއިރު ފަހުން ކޮވިޑަށް ޕޮޒިޓިވްވި ކަމަށް މިއަދު ހާމަކުރި މީހުނާއެކު ރާއްޖެއިން ބަލި ޖެހުނު މީހުންގެ އަދަދު މިހާރުވަނީ 94 އަށް އަރާފަ އެވެ.

އަދި މާލެއިން ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 70 އަަށް އަރާފައެވެ.

މާލޭގެ އިތުރުން ދެން މި ބަލީގެ މީހަކު ފެނިފައިވަނީ އުލިގަމުންނެވެ. އެ މީހާ ޑައިރެކްޓްކޮންޓެކްޓްވި އިތުރު މީހަކަށްވެސް ބަލި ޖެހިފައިވެއެވެ. މީގެ އިތުރުން ސިފައިންގެ މީހަކާ، ޓެކްސީ ޑްރައިވަރަކާ، ޑެލިވަރީގައި އުޅުނު އަދި ބޮޑެތި ބައެއް މާޓްތަކުގައި މަސައްކަތް ކުރަމުންދިޔަ ބައެއް ބިދޭސީންނަށްވެސް މި ބަލި ޖެހިފައިވެއެވެ.

ރާއްޖެއިން ކޮވިޑް ޖެހުނު މީހަކު ފެނުނުތާ 45 ވަރަކަށް ދުވަސް ފަހުން މާލެއިން މި ބަލި ފެންނަން ފެށީ މިދިޔަ ބުދަ ދުވަހުއެވެ. އެންމެ ފުރަތަމަ މާލެއިން ޕޮޒިޓިވްވީ އަންހެނެކެވެ. ދެން އޭނާގެ ދަރިފުޅެވެ. އަދި އެ ދެމައިންނާ ބައްދަލްވި އެތައް ބަޔަކުވެސް ބައްޔަށް ޕޮޒިޓިވްވެފައިވެއެވެ.

ކޮވިޑް ކޮންޓްރޯލް ކުރުމަށް މާލެ ވަނީ 14 ދުވަހަށް ލޮކްޑައުންކޮށްފައެވެ. އަދި ރަށްތަކަށް ދަތުރުކޮށް މަނާކޮށް އަތޮޅުތެެރެއަަށްވެސް ވަނީ ހަރުކަށި ގަވާއިދުތަކެއް ނެރެފައެވެ.