ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ފަރުކޮޅުފުށި

ވިއްސާރާގައި ފަރުކޮޅުފުށި ފެސިލިޓީއަށް ގެއްލުން

ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރާއާ ގުޅިގެން ފަރުކޮޅުފުށި އައިސޮލޭޝަން ސެންޓަރަށް ގެއްލުންތަކެއް ލިބިއްޖެ އެވެ.

ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވީ ވިއްސާރައިގެ ސަބަބުން އެ ރަށުގެ ވޯޑަކަށް ގެއްލުންވެފައިވާ ކަމަށާއި ފުރާޅުން ފެން ލީކްވެ ވޯޑްގައި ފެންބޮޑުވެފައިވާ ކަމަށެވެ. އަދި ކަރަންޓް ޝޯޓެއްވެ އެ ވޯޑުން ކަރަންޓްވެސް ކެނޑިފައިވާ ކަމަށެވެ.

އެހެން ކަމުން އެ ވޯޑްގައި ފަރުވާ ދެމުންދިޔަ މީހުން މީހުން އެހެން ވޯޑްތަކަކަށް ބަދަލު ކޮށްފައިވާ ކަމަށް ވެސް މަބުރޫކް ވިދާޅުވިއެވެ. އަދި ވިދާޅުވީ ކަރަންޓްގެ މައްސަލަ ހައްލުކޮށް ވޯޑަށް ލިބުނު ގެއްލުން މަރާމާތު ކުރަމުން އަންނަ ކަމަށެވެ.

މީގެ އިތުރުން ފަރުކޮޅުފުށީގައި މަދިރީގެ މައްސަލަ އަނެއްކާވެސް ވަނީ ބޮޑުވެފަ އެވެ. މީގެ ކުރިން ވެސް އެ ރަށުގައި ބޭތިއްބި މީހުން މަދިރި ގިނަ ކަމުގެ ޝަކުވާ ކޮށްފައި ވެއެވެ. އެހެނވެ އެ ރަށް އެއްކޮށް ހުސްކޮށް، މަދިރި ނައްތާލުމުގެ މަސައްކަތް ވެސް އޭރު ކުރި އެވެ.

މަބުރޫކު ވިދާޅުވީ ވޯޑްތަކާއި، ރަށުތެރޭގައި ވެސް މަދިރި ނައްތާލާ އަލާތްތައް ހަރުކޮށްފައިވާ ކަމަށާ އަދި ކެމިކަލް ބޭނުން ކޮށްގެން މަދިރި ނައްތާލުމުގެ މަސައްކަތްވެސް މިހާރު ކުރަމުން އަންނަ ކަމަށެވެ.

ފަރުކޮޅުފުށި ކުރިން ތައްޔާރުކުރީ ބޮޑު ހަރަދެއް ކޮށްގެންނެވެ. ނަމަވެސް ގިނަ ފާޑުކިޔުންތަކެއް އަމާޒުވުމުން އަނެއްކާވެސް އެތަން ބަދަލު ކުރުމަށް ގިނަ ހަރަދުތަކެއް ސަރުކާރުން ކުރަން ޖެހުނެވެ.