މޫނުގައި ބިހި ނެގުމަކީ ކަންބޮޑުވާ ކަމެކެވެ. އެއަށް ވުރެން ބޮޑަށް ވައިޓްހެޑްސް ނުވަތަ މޫނުގައި ނަގާ ހުދު ކުލައިގެ ދޮސް ބިހި ފާޑުގެ ބިހި ނެގުމަކީ މާ ކަންބޮޑުވާ ކަމެކެވެ.
ރީތި އޮމާން ހަންގަނޑަކީ ކޮންމެ އަންހެންކުއްޖެއްވެސް ދެކޭނެ ހުވަފެނަކަށް ވާއިރު، މޫނުގައި ވައިޓްހެޑްސް ހުރުމަކީ އިންތިހާއަށް ދެރަވެ ކަންބޮޑުވާނެ ކަމެކެވެ.
ވައިޓްހެޑްސް އަކީ ހަންގަނޑުގައި ކިލާ ތަތްވުމާއި ހަށިގަނޑުގައި ހުންނަ ވިހައިގެ ސަބަބުން ދިމާވާ ކަމެކެވެ. އެހެންކަމުން ހަށިގަނޑުގައި ހުންނަ ވިހަ ބޭރުކުރުމަށް މޫނު ގިނައިން ދޮވެ، ގިނައިން ފެން ބުއިން މުހިންމެވެ.
ނަމަވެސް، އިރުއިރުކޮޅާ މޫނު ދޮވެ، ސާފުކުރުމުން ވެސް ވައިޓްހެޑްސް އަކަށް ދާއިމީ ހައްލެއް ނުލިބޭނެ އެވެ.
ހަންގަނޑު ސާފުކޮށް ބެހެއްޓުމުގެ އިތުރުން، ހަންގަނޑަށް ފައިދާވާނެ މޭވާ އާއި ތަރުކާރީ ކެއުމުގެ އިތުރުން ގޭގައި ކޮށްލާ ކުޑަ ކަމަކުން މިކަމަށް ފަރުވާއެއް ލިބިދާނެ ކަމަށް ގަބޫލުކުރަން ހެއްޔެވެ؟
ތިރީގައި މިވަނީ ވައިޓްހެޑްސް އަށް ގޭގައި ދެވިދާނެ ބައެއް ފަރުވާ އެވެ.
އާންމުގޮތެއްގައި ވައިޓްހެޑްސް ނަގާފައި ހުންނަނީ މޫނުގެ ޓީ-ޒޯން ނުވަތަ ނިތްކުރީގަޔާއި ނޭފަތްމަތީގެ އިތުރުން ތިރީ ތުންފަތުގެ ތިރީގަ އެވެ. ލުނބޯ ޖޫހުގައި އެސްކޯބިކް އެސިޑް ގިނަ އަދަދަކަށް ހިމެނެ އެވެ. އެހެންކަމުން މޫނުގައި ހުންނަ ވައިޓްހެޑްސް ނައްތާލުމަށް މއިީ ޖާދުލެކެވެ. ލުނބޮއެއްގެ ޖޫސް ތަށްޓަކަށް ފެލާލުމަށްފަހު، ވައިޓްހެޑްސް ހުންނަ ހިސާބުގައި ކަފަކޮޅަކުން ހާކާށެވެ. އިރުކޮޅަކުން ހަންގަނޑު ހިކި، ވާންވާ ކަހަލަ އިހުސާސެއްވާނެ ކުރެވޭނެ އެވެ. އެއީ މޫނުގައި ހުންނަ ކިލާތަކާއި ވިހަތައް ނެތިގެންދާ ކަމުގެ އިހްސާސެކެވެ. ހަފްތާއަކު ތިން ދުވަހު މިގޮތަށް މޫނުގައި ލުނބޯ ޖޫސް އުނގުޅުމުން މޫނުގައި ހުންނަ ވައިޓްހެޑްސް މަދުވާކަން ފާހަގަކުރެވޭނެ އެވެ. މިކަމަށް ދާއިމީ ހައްލެއް ބޭނުންނަމަ، ވައިޓްހެޑްސް ފިލަންދެން ގަވާއިދުން މޫނުގައި ލުނބޯ ޖޫސް އުނގުޅާށެވެ.
ސްޓީމްކުރުމުން ހަންގަނޑަށް ލިބޭ ފައިދާތައް ނުހަނު ގިނަ އެވެ. ހަންގަނޑު ހުންނަ ފަނޑުކަން ކަނޑުވާ ތާޒާކޮށްދިިނުމުގެ އިތުރަށް އިސްތަށިވަޅުތައް ހުވަދެ އެވެ. އެހެންކަމުން މޫނަށް ރަނގަޅަށް އާވިއެރުވުމަށްފަހު، ރަނގަޅު ސްކަރަބް އަކުން މޫނުގައި އުނގުޅާށެވެ. އިސްތަށިވަޅުތައް ހުޅުވިފައި ހުންނައިރު، ސްކްރަބްކުރުމުން ވައިޓްހެޑްސް ނައްތާލުމަށް ފަސޭހަވާނެ އެވެ. ސްޓީމްކޮށްގެން މޫނު ހަފްތާއަކު ތިން ދުވަހު ސްކްރަބް ކުރާށެވެ. ސްޓިމް ކުރާއިރު އެންމެ ބޮޑަށް ސަމާލުކަން ދޭން ޖެހޭ ކަމަކީ ސްޓީމާ އާއި މާ ކައިރީގައި މޫނު ނުބެހެއްޓުމެވެ.
މަތީގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ ތެރެއިން ބައެއް ކަންތައް އެންމެ ފުރަތަމަ ފަހަރު ކުރުމުން މާ އެދެވޭ އަސަރެއް ނުފެނުނު ކަމުގައި ވިޔަސް ބަޔާންކޮށްފައިވާ ގޮތަށް ގަވާއިދުން ބޭނުންކުރަން ފެށުމުން ރަނގަޅު އަސަރެއް ފެންނާނެ އެވެ.