ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ދިރާގުން ތިން ޖީބީ ޑޭޓާ 75 ރުފިޔާއަށް

ދިރާގުން 75 ރުފިޔާ އަށް ތިން ޖީބީ ޑޭޓާ ލިބޭނެ ޕެކޭޖެއް ތައާރަފް ކޮށްފި އެވެ.

ދިރާގުން ބުނީ މި ޕެކޭޖަކީ އެ ކުންފުނީގެ ޕްރިޕެއިޑް ކަސްޓަމަރުންނަށް ލުޔެއް ހޯދައިދިނުމަށް ތާރަފުކުރި ޕެކޭޖެއް ކަމަށެވެ. މި ޕެކޭޖް އެ ކުންފުނީގެ އެޕްލިކޭޝަން މެދުވެރިކޮށް އެކްޓިވޭޓް ކޮށްލެވެ އެވެ. ޕެކޭޖްގެ މުއްދަތަކީ ހަތް ދުވަހެވެ.

ދިރާގުން ބުނީ މެއި މަހުގެ ނިޔަލަށް މި އޮފާ ކުރިއަށް ގެންދާ އިރު މި އަގުގައި އިންޓަނެޓް ދޫކުރަން ނިންމީ ކޮވިޑް-19 އާއި ގުޅިގެން ލޮކްޑައުން ކޮށްފައިވާ މި ދުވަސްވަރު އިންޓަނެޓް ބޭނުންކުރާ މިންވަރު އެހެން މަސްތަކާ އަޅާ ބަލާއިރު ގިނަވެފައިވާތީ ކަމަށެވެ.

ޑޭޓާ ބޭނުންކުރާ މިންވަރު އިތުރުވާނެ ކަމަށް ބަލައި ދިރާގުން ވަނީ މީގެ ކުރިން ވެސް ކަސްޓަމަރުންނަށް ލުއި ގޮތްތައް ފަހި ކޮށްދީފަ އެވެ.