ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ފަަތުރުވެރިންގެ ކޮންޓެކްޓުން މަދުކުރަން ވޮއިސް އެސިސްޓެންޓެއް

ހޮސްޕިިޓާލިޓީ ދާއިރާއަށް ހާއްސަކޮށް، ދިރާގުން ޑިޖިޓަލް ވޮއިސް އެސިސްޓަންޓް "ވޫހޫ" ރާއްޖެއަށް ތައާރަފު ކޮށްފި އެވެ.

މިއީ ދިރާގުން "ސްމާޓްބީންސް އިންކް" އާއި "ލިއާ އިންކް" ގުޅިގެން ހޮސްޕިޓަލިޓީ ދާއިރާއަށް ހާއްސަކޮށް ނެރުނު ޕްރޮޑަކްޓެކެވެ.

ވޫހޫ އަކީ ހޮސްޕިޓަލިޓީ ދާއިރާއަށް ހާއްސަކޮށް ކަސްޓަމަރުންނާއި ފަތުރުވެރިންނަށް ރަނގަޅު ތަޖުރިބާއެއް ފޯރުކޮށް ދިނުމަށް ސިލިކޯން ވެލީގެ ކުންފުންޏެއް ކަމަށްވާ ސްމާޓް ބީންސް އިންކް އިން ތައްޔާރު ކުރި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އެސިސްޓެންޓެކެވެ. މި ޓެކްނޮލޮޖީ ބޭނުން ކޮށްގެން ކަސްޓަމަރުން ބޭނުންވާ ކަންތައްތައް ވޮއިސް ކޮމާންޑަކުން ކުރެވޭނެ އެވެ.

ދިރާގުން ބުނީ، "ވޫހޫ" ގެ ވޮއިސް އޭއައި ސްޕީކާސް އިން ގެސްޓުންނަށް ފަސޭހަ ކަމައެކު ވޮއިސް ކޮމާންޑް މެދުވެރިކޮށް ބޭނުންވާ ކަންކަން ކުރެވޭނެ ކަމަށެވެ. އެގޮތުން ރޫމް ސާވިސްއަށް އޯޑަރު ކުރުމާއި މިއުޒިކް ޖެހުމާއި ރޫމްގެ ޓެމްޕަރޭޗަ ކޮންޓްރޯލްކޮށް ރިސެޕްޝަނަށް ގުޅުން ފަދަ ކަންތައްތައް ހިމެނެ އެވެ. ވޫހޫގައި 40 އަށް ވުރެ ގިނަ ހޮސްޕިޓަލިޓީ ސޮލިއުޝަންސް ހިމަނާފައިވެ އެވެ. އޭގެ ތެރޭގައި އިން ރޫމް އޮޓޮމޭޝަން އާއި ހައުސްކީޕިން އާއި ޕްރޮޕަޓީ މެނޭޖްމެންޓް އަދި ޕޮއިންޓް އޮފް ސޭލްސް ފަދަ ހިދުމަތްތައް ހިމެނެ އެވެ.

ކޮވިޑަށް ފަހު، ޓޫރިޒަމް ދާއިރާ އަލުން އަނބުރާ ގެނެސްދިނުމުނަށް މަގުފަހިކޮށްދިނުމުގެ ގޮތުން، "ވޫހޫ" ފަދަ ޑިޖިޓަލް ވޮއިސް އެސިސްޓެންޓެއް މުހިއްމު ވާނެ ކަމަށް ދިރާގުން ބުނެ އެވެ.

ދިރާގުން ބުނީ، އަމާޒަކީ ދިރާގުގެ ބިޒްނަސް ކަސްޓަމަރުންނަށް ކަނެކްޓިވިޓީގެ އިތުރުން އެކި ކަހަލަ ޒަމާނީ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.