ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ދިރާގު މުވައްޒަފުންނަށް ވެކްސިން ދޭން ފަށައިފި

Feb 6, 2021
4

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ފޯނާއި އިންޓަނެޓުގެ ހިދުމަތްދޭ ދިރާގު މުވައްޒަފުންނަށް ކޮވިޑް-19 ގެ ވެކްސިން ޖަހަން ފަށައިފި އެވެ.

ދިރާގުން ބުނި ގޮތުގައި ހިދުމަތް ދިނުމުގައި އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ ދިރާގު މުވައްްޒަފުން ކޮވިޑް-19 ގެ ބަލިން ރައްކާތެރިވުމަށްޓަކައި ޖަހާ ވެކްސިންގެ ފުރަތަމަ ޑޯޒް މިއަދު ޖަހަން ފަށާފައިވާ ކަމަށެވެ.

ރާއްޖޭގައި ކޮވިޑް ވެކްސިން ދޭން ފެށީ މިދިޔަ ހަފުތާގެ ހޯމަ ދުވަހު އެވެ. އިއްޔެގެ ނިޔަލަށް މާލެ ސަރަހައްދުން 3،573 މީހަކަށް ވަނީ ކޮވިޑް ވެކްސިން ދީފަ އެވެ. އަދި އަތޮޅު ތަކުން 696 މީހަކަށް ވެކްސިން ދީފައިވެ އެވެ. މީގެ ތެރޭގައި ފްރަންޓް ލައިންގައި މަސައްކަތް ކުރާ ގިނަ އަދަދެއްގެ މުވައްޒަފުން ވެސް ހިމެނެ އެވެ.

ރާއްޖޭގައި ޖަހަނީ އިންޑިއާ އިން ހަދިޔާކޮށްފައިވާ ވެކްސިނެވެ. އެއީ އޮކްސްޕޯޑް-އެސްޓަރެޒެނިކާގެ ވެކްސިން ކޮވިޝީލްޑެވެ. ރާއްޖެ އަށް 100،000 ޑޯޒްގެ ވެކްސިން ހިލޭ ލިިބިފައިވާއިރު، ސަރުކާރުން ވަނީ އިތުރު 700،000 ޑޯޒް ގަންނަން އެސްޓްރާޒެނެކާއާއެކު އެއްބަސްވުމެއް ވެސް ހަދާފަ އެވެ. ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭ ރާއްޖޭގައި ދިރިއުޅޭ އެންމެނަށް ވެކްސިން ދޭ ނިންމަން އުންމީދު ކުރައްވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފަ އެވެ.ޗައިނާ ސަރުކާރުން ވެސް ވަނީ ދިވެހި ރައްޔިތުންނަށް 100،000 ޑޯޒްގެ ވެކްސިން ހަދިޔާކުރަން ނިންމާ އެކަން އިއުލާނުކޮށްފަ އެވެ.