ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދިރާގު

ދިރާގުގެ އޮފާތައް އަންނަ މަހު ވެސް ލިބޭނެ

ކޮވިޑް-19 އާ ގުޅިގެން، ދިރާގުގެ ކަސްޓަމަރުންނަށް މިދިޔަ ދެ މަހު ދިން އޮފާތައް، އަންނަ މަހު ވެސް ލިބޭނެ ގޮތް ހަމަޖައްސައިފި އެވެ.

ދިރާގުން މިއަދު ބުނީ ކޮވިޑް-19 އާ ގުޅިގެން ކަސްޓަމަރުންނަށް ލުއި ދިނުމުގެ ގޮތުން ދިރާގު ހޯމް ފިކްސްޑް ބްރޯޑްބޭންޑް އަދި މޮބައިލް އަށް ފޯރުކޮށްދީފައިވާ އޮފާ ތަށް އަންނަ މަހުވެސް ލިބޭނެ ކަމަށެވެ.

އެގޮތުން އެ ކުންފުނިން ދޭ އޮފާ ތަކަކީ

ދިރާގު ހޯމް ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް

- ހުރިހާ ހޯމް ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް 50% އާއި 140% އާ ދެމެދުގެ ހިލޭ އިތުރު ޑޭޓާ
- މާރިޗް މަހުން ފެށިގެން ދެމުންއައި ޑޭޓަ ބޫސްޓަތަކުން 50% ޑިސްކައުންޓް 15 ޖޫން ގެ ނިޔަލަށް

ދިރާގު މޮބައިލް ކަސްޓަމަރުންނަށް

މޮބައިލް ޕޯސްޓްޕެއިޑް
- ހުރިހާ މޮބައިލް ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް 50% އާއި 75% އާ ދެމެދުގެ އިތުރު ޑޭޓާ
- ޑޭޓަ ބޫސްޓާތަކުން %50 15 ޖޫން ގެ ނިޔަލަށް

މޮބައިލް ޕްރީޕެއިޑް
- މޮބައިލް ޕްރީޕެއިޑް ކަސްޓަމަރުންގެ މަންތްލީ ޑޭޓާ އެޑް-އޮން އަށް %50 އިތުރު ޑޭޓާ 15 ޖޫން ގެ ނިޔަލަށް
- ވޮއިސް އެޑް-އޮންތަކުން %50 ޑިސްކައުންޓް 15 ޖޫން ގެ ނިޔަލަށް

މަމެން

- 20% އިތުރު އެލަވަންސް މަމެންގެ ހުރިހާ ޑޭޓާ ބަންޑަލްތަކުން 15 ޖޫން ގެ ނިޔަލަށް
މޮބައިލް ހޯމް ބްރޯޑްބޭންޑް
- ހުރިހާ އެލް.ޓީ.އީ ޕޯސްޓްޕެއިޑް އަދި ޕްރީޕެއިޑް ޑޭޓާ ބޫސްޓާ ތަކުން %50 ޑިސްކައުންޓް 15 ޖޫން ގެ ނިޔަލަށް

މާޗް މަހު ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރި ހިސާބުންފެށިގެން ދިރާގުން ދަނީ ކަސްޓަމަރުންނަށް ހިލޭ އިތުރު ޑޭޓާ އަދި ޑިސްކައުންޓް ދެމުންނެވެ.