ލޮކްޑައުންގައި ދިރާގު ޕްރީޕެއިޑް ރީލޯޑް ކޮށްލެވޭނެ ފަސޭހަ ގޮތް ތަކެއް އެ ކުންފުނިން ތައާރަފްކޮށްފި އެވެ.
ދިރާގުން ބުނީ ކޮވިޑް-19 އާއި ގުޅިގެން މާލެސިޓީ ލޮކްޑައުން ކޮށްފައިވުމުން ރީލޯޑު ކުރަން ދިޔުމަކީ އެހާ ފަސޭހަ އަދި ރައްކާތެރި ކަމެއް ނޫން ކަމަށެވެ. އެހެން ކަމުން މިހާރި ގޭގައި ތިބެގެން ރީލޯޑު ކުރެވޭނެ ރީލޯޑް ކޮށްލެވޭނެ ވަރަށް ގިނަ ގޮތްތައް އެކުންފުނިން މިހާރު ތައާރަފް ކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ދިރާގު މޯބައިލް އެޕް މެދުވެރިކޮށް ރީލޯޑު ކުރުމާއި ދިރާގު ޕޭ ނުވަތަ ބީ. އެމް. އެލް އަދި އެމް. އައި. ބީ. ޑެބިޓް ނޫނީ ކްރެޑިޓްކާޑް މެދުވެރިކޮށް ރީލޯޑް ކުރުމަށް ފައިސާ ދެއްކުމާއި ދިރާގު ވެބްސައިޓް މެދުވެރިކޮށް ރޯލޯޑު ކުރުން ހިމެނެ އެވެ.
ދިރާގު މޯބައިލް އެޕް މެދުވެރިކޮށް ރީލޯޑު ކުރެވޭނެ ގޮތް
- ދިރާގު މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ރީލޯޑް ކޮށްލުމަށް އެޕް ހުޅުވާލާފައި “Easy TopUp” ނަގައި، ބޭނުންވާ ޕްރީޕެއިޑް ނަންބަރު ޖެހުމަށްފަހު “Continue and Pay” އަށް ފިތާލާށެވެ. ދެން ރިލޯޑް ކުރަން ބޭނުންވާ އަދަދު ޖެހުމަށްފަހު އަނެއްކާވެސް “Continue and Pay” އަށް ފިތާލާށެވެ. ދެން ފައިސާ ދައްކަންބޭނުންވާ ގޮތް ހިޔާރުކުރުމަށްފަހު “Continue” އަށް ފިތާލާށެވެ.
- ދިރާގު ޕޭ ނުވަތަ ބީ. އެމް. އެލް އަދި އެމް. އައި. ބީ. ޑެބިޓް ނޫނީ ކްރެޑިޓްކާޑް މެދުވެރިކޮށް ރީލޯޑް ކުރަން ފައިސާދެއްކޭނެ އެވެ.
ދިރާގު ވެބްސައިޓް މެދުވެރިކޮށް ރީލޯޑު ކުރާނެ ގޮތް:
- ދިރާގު ވެބްސްއިޓު މެދުވެރިކޮށް ރީލޯޑް ކޮށްލުމަށް ދިރާގު ވެބްސައިޓަށް ވަނުމަށްފަހު ސްކްރީންގެ ކަނާތްފަރާތުގެ އެންމެ މަތީ ކަނުގައި އިންނަ “Easy TopUp” އަށް ފިތާލާށެވެ. އެއަށްފަހު ރީލޯޑްކުރަން ބޭނުންވާ ނަންބަރު އަދި އަދަދު ޖެހުމަށްފަހު “Continue” އަށް ފިތާލާށެވެ. ދެން، ފައިސާ ދައްކަންބޭނުންވާ ގޮތް ޚިޔާރުކުރުމަށްފަހު “Continue” އަށް ފިތާލާށެވެ.
- ދިރާގު ޕޭ ނުވަތަ ބީ. އެމް. އެލް އަދި އެމް. އައި. ބީ. ޑެބިޓް ނޫނީ ކްރެޑިޓްކާޑް މެދުވެރިކޮށް ރީލޯޑް ކުރަން ފައިސާދެއްކޭނެ އެވެ.
ދިރާގު ޕޭ މެދުވެރިކޮށް ރީލޯޑު ކުރާނެ ގޮތް
- ދިރާގު ޕޭ މެދުވެރިކޮށް ރީލޯޑް ކޮށްލުމަށް ދިރާގުޕޭގެ މޮބައިލް އެޕްލިކޭޝަން ހުޅުވުމަށްފަހު “Reload my mobile” ނުވަތަ “Reload Another” އަށް ފިތާލާށެވެ. އެއަށްފަހު ނަންބަރު އަދި އަދަދު ޖެހުމަށްފަހު “Validate” އަށް ފިތާލާށެވެ. ދެން ރީލޯޑް ޓްރާންސެކްޝަން ފުރިހަމަކުރުމަށް “Proceed” އަށް ފިއްތާލުމުން ރީލޯޑް ކޮށް ނިމުނީއެވެ.
- ދިރާގު ޕޭ މެދުވެރިކޮށް ކުރާ ކޮންމެ ރީލޯޑަކަށް 20% އިތުރު ކްރެޑިޓް ލިބިގެންދާނެއެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ ޖޫން 30 ގެ ނިޔަލަށެވެ.
- ދިރާގު ޕޭ އެކައުންޓަށް ފަސޭހަކަމާއެކު ކޭޝްއިން ކޮށްލުމަށް ދިރާގު ޕޭ އެޕް އަދި ދިރާގު ވެބްސައިޓުން ޑެބިޓް ނޫނީ ކްރެޑިޓްކާޑް މެދުވެރިކޮށް ކުރެވޭނެ އެވެ.