ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ރާއްޖޭގައި މިހާރު ތިބީ 187 ޓޫރިސްޓުން

Apr 27, 2020

ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ޓޫރިސްޓުން އައުން ހުއްޓާލުމާ ގުޅިގެން، މިހާރު ނުފުރި ތިބީ، 187 ޓޫރިސްޓުން ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ މިހާރު ތިބީ، 10 ރިސޯޓެއްގެ ޓޫރިސްޓުން ކަމަށާ، އެ ހުރިހާ ޓޫރިސްޓުން މިހާރު ތިބީ ޑްރީމް އައިލެންޑް ރިސޯޓުގައި ކަމަށެވެ.

"ރާއްޖޭގައި އެބަތިބި 50 ގައުމެއްގެ މީހުން. އެ މީހުން ގައުމަށް ފޮނުވާލުމުގެ މަސައްކަތް ހާރިޖީ ވުޒާރާއާ ގުޅިގެން މިދަނީ މަސައްކަތް ކުރަމުން،" އަލީ ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ޓޫރިސްޓުން ބެލެހެއްޓުމުގެ މަސައްކަތް ކުރަނީ، ފުލުހުންނާއި ސިފައިން ގުޅިގެން ކަމަށެވެ.

ރާއްޖެ އަށް އޮން އެރައިވަލް ވިސާ ދިނުން ހުއްޓާލުމާއެކު ރާއްޖޭގެ ޓޫރިޒަމް ވަނީ ހުއްޓިފަ އެވެ. ރާއްޖޭގެ ޓޫރިޒަމް ހުއްޓުމަކަށް އައިއިރު، މިދިޔަ އަހަރު 1.7 މިލިއަން ޓޫރިސްޓުން އައިސްފައިވެ އެވެ.