ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ރޯދައާ ގުޅުވައި ދިރާގުން އޮފާތަކެއް

ރޯދަ މަހާ ގުޅުވައި ހާއްސަ އޮފާ ތަކެއް ދިރާގުން ތައާރަފު ކޮށްފި އެވެ.

ދިރާގުން ބުނީ މި ރޯދަ މަހާ ކުރިމަތިލާން ޖެހުނީ ކޮވިޑް19 އިގެ ބަލިމަޑުކަމުގެ ތެރޭގައި ކަމަށާއި އެހެން ކަމުން ސޯޝަލް މީޑިއާ ބޭނުން ކުރާ މިންވަރު އިތުރުވެފައި ވާތީ ތައާރަފުކުރި އޮފާ ތަކަކީ މި ދުވަސްވަރު އެ ކުންފުނީގެ ކަސްޓަމަރުންނަށް ލުޔެއް ހޯދައި ދިނުމުގެ ގޮތުން ހާއްސަ ކޮށްފައިވާ އޮފާތަކެއް ކަމަށެވެ.

ދިރާގު މޯބައިލް ޕޯސްޓްޕެއިޑް

ދިރާގު ޕޯސްޕެއިޑް ހުރިހާ ކަސްޓަމަރުންނަށް އިތުރު ސޯޝަލް މީޑިއާ ޑޭޓާ ލިބޭ ޕްރޮމޯޝަންގެ މުއްދަތު ވަނީ މެއި މަހުގެ ނިޔަލަށް އިތުރު ކުރަން ނިންމާފަ އެވެ.

ދިރާގު މޮބައިލް ޕްރީޕެއިޑް

ރޯދަ ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް ޑޭޓާ ބޭނުން ކުރުމުގައި އިތުރު ލުއި ފޯރުކޮށްދިނުމުގެ ގޮތުން 75 ރުފިޔާއަށް 3ޖީބީގެ ޑޭޓާ ލިބިގެންދާ ޑޭޓާ ޕެކެއް ވެސް ވަނީ ތައާރަފުކޮށްފަ އެވެ. މި ޑޭޓާގެ މުއްދަތަކީ އެކްޓިވޭޓް ކުރާ ވަގުތުން ފެށިގެން ހަތް ދުވަހެވެ.

ދިރާގު ޕޭ މެދުވެރިކޮށް ޒަކާތް ދެއްކުން

މާލެ ސިޓީ ލޮކްޑައުން ހާލުތުގައި އޮތުމުގެ ސަބަބުން ފިތުރު ޒަކާތް ދައްކަން ޑިޖިޓަލް ވަސީލަތްތައް ވަނީ ކުރިއަށްވުރެ ބޮޑަށް މުހިންމުވެފަ އެވެ. މިއަހަރު ވެސް ދިރާގު ހުރިހާ ކަސްޓަމަރުންނަށް ދިރާގު ޕޭ މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކޭނެ އެވެ.