ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

އާމްދަނީގެ ހުރިހާ ދާއިރާއެއް ދަށްވެ ލިބުނީ 5.3 ބިލިއަން ރުފިޔާ!

ކޮވިޑް-19 ގެ އަސަރު ރާއްޖޭގެ އިގްތިސޯދަށްކޮށް، ދައުލަތަށް މިދިޔަ މަހު ލިބުނު އާމްދަނީ މަދުވެ، މިހާތަނަށް ލިބިފައި ވަނީ 5.3 ބިލިއަން ރުފިޔާ އެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކުރި ހަފުތާގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި މަހުގެ 23 ގެ ނިޔަލަށް ލިބިފައި ވަނީ 5.3 ބިލިއަން ރުފިޔާ އެވެ. ނަމަވެސް މިދިޔަ އަހަރުގެ އެ މުއްދަތުގައި 7.6 ބިލިއަން ރުފިޔާ ލިބުނެވެ. މި އަހަރުގެ މިހާތަނަށް ޓެކުހުގެ އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 4.5 ބިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރު 5.4 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.

ޓެކްސް ނޫން ގޮތް ގޮތުން މިހާތަނަށް އާމްދަނީގެ ގޮތުގައި ލިބުނީ 788 މިލިއަން ރުފިޔާ އެވެ. ނަމަވެސް މިދިޔަ އަހަރު 1.7 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ހިލޭ އެހީގެ ގޮތުގައި މި އަހަރު 21.9 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރު 449.9 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

މި އަހަރުގެ މިހާތަނަށް ބީޕީޓީގެ ގޮތުގަައި 922.5 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިދިޔަ އަހަރު ލިބުނީ 893.8 މިލިއަން ރުފިޔާ އެވެ. އަދި ވިތުހޯލްޑިން ޓެކްސްގެ ގޮތުގައި މިއަހަރު 216.6 މިލިއަން ރުފިޔާ ލިިބުނުއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 277.8 މިލިއަން ރުފިޔާ އެވެ. އަދި ޖީއެސްޓީގެ ގޮތުގައި މިދިޔަ އަހަރު ދެ ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރު ލިބިފައިވަނީ 2.6 ބިލިއަން ރުފިޔާ އެވެ.

ރާއްޖެއަށް އެންމެ ގިނައިން އާމްދަނީ ލިބޭ ޓީޖީއެސްޓީގެ ގޮތުގައި މި އަހަރު 1.4 ބިލިއަން ރުފިޔާ ލިބުނުއިރު، މިދިޔަ އަހަރު 1.7 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ގްރީން ޓެކުހުގެ ގޮތުގައި މި އަހަރު 241.1 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރު 279.7 މިލިއަން ރުފިޔާ ލިބުނެވެ.

މި އަހަރު ހަރަދު ކުރުމަށް ފާސްކޮށްފައިވަނީ 37 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓެކެވެ. މި ބަޖެޓުން މިހާތަނަށް ހޭދަކޮށްފައިވަނީ 7.1 ބިލިއަން ރުފިޔާ އެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް އާމްދަނީ ލިބެންހުރި ހުރިހާ ދާއިރާތަކުން ވަނީ އާމްދަނީ ހުއްޓިފަ އެވެ. މިއަހަރު ލިބޭނެ ކަމަށް މިހާރު އަންދާޒާކޮށްފައިވަނީ 15 ބިލިއަން ރުފިޔާ އެވެ.