ބްރަޔަން ކްރޭންސްޓަންގެ ފޭނުންނަށް އަނެއްކާވެސް އުފާވެރި ހަބަރެކެވެ.
ހެލް ވިލްކާސަންގެ ރޯލް އަދާކުރި ބްރަޔަން ބުނެފައިވަނީ އޭނާ އަލުން އެންމެންގެ ލޯބި ލިބުނު ހެލްގެ ރޯލް ކުޅެން ބޭނުންވާ ކަމަށެވެ. ސިލްސިލާ ނިމުނުތާ ދިހަ އަހަރު ފަހުން "މެލްކޮމް އިން ދަ މިޑްލް" ގައި ބައްޕައެއްގެ ރޯލު ކުޅެފައިވާ ބްރަޔަން "އެންޓަޓެއިންމެންޓް ޓުނައިޓް ކެނެޑާ" ޝޯ ގައި ބުނެފައިވަނީ އެއީ މިހާތަނަށް އޭނާ އެންމެ ކުޅޭހިތުން ކުޅުނު އެންމެ މަޖާ ރޯލްކަމަށެވެ. އަދި ސިިލްސިލާ އަލުން ފަށާނަމަ ދެން އެއަށް ކިޔަން ބޭނުންވަނީ "މެލްކޮމް އިން ދަ މިޑްލައިފް ކްރައިސިސް" ކަމަށެވެ.
ހިތާމައަކީ ބްރަޔަން ދެން އިތުރަކަށް ވޯލްޓާ ވައިޓްގެ ރޯލް ކުޅެން ބޭނުންނުވާތީއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކާމިޔާބު ހޯދާފައިވާ "ބްރޭކިންގް ބޭޑް" އަށް އަލްވަދާއު ކިޔާ އޭގެ ފަހަތުން ނިކުތް "ބެޓާ ކޯލް ސޯލް" ގައިވެސް ބައިވެރިވާން ބޭނުންނުވާ ކަމަށް އޭނާ ބުންޏެވެ.
"މެލްކޮމް އިން ދަ މިޑްލް" އަކީ އޭގެ ތަރި މެލްކޮމް (ފްރޭންކީ މުނީޒް) ގެ ހަޔާތަށް ބިނާކޮށް ކުޅެފައިވާ ސިލްސިލާއެކެވެ. ދިހަ އަހަރަށް ފަހު އަނެއްކާވެސް މިރޯލް ކުޅެން ޝައުގުވެރިވާކަން ހާމަކުރުމުން ބްރަޔަންގެ ސަޕޯޓަރުން އެއަށް އުފަލާއެކު އިންތިޒާރު ކުރަމުން އެބަދެއެވެ.