ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ޕޮޒިޓިވްވީ ދިވެހިންގެ އަދަދު 104 ކަަށް

ކޮވިޑް19 އަށް އިތުރު ހަ މީހަކު ޕޮޒިޓިވްވެ މި ބަލި ޖެހުނު ދިވެހިންގެ އަދަދު 104 އަށް އަރައިފި އެވެ.

ހެލްތް މިނިސްޓްރީން ދެންމެ ބުނީ މިއަދުގެ މިހާތަނަށް އިތުރު ހަ މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އެއީ ފަސް ދިވެހިންނާއި ޕާކިސްތާނު މީހެއްް ކަމަށެވެ.

އެެހެން ކަމުން ރާއްޖެއިން ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ 256 އަށް އަރާފަ އެވެ.

ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ތެރޭގައި އެންމެ ގިނައީ ބަންގްލަދޭޝްގެ ރައްޔިތުންނެވެ. އެ ގައުމުގެ 114 މީހަކަށް ވަނީ ބަލި ޖެހިފަ އެވެ. ދެން އެންމެ ގިނައީ ދިވެހިންނެވެ. އެއީ 93 އެކެވެ.

މީގެ އިތުރުން އިންޑިއާގެ 18 މީހަކުވެސް ޕޮޒިޓިވްވެ ދަނީ ފަރުވާ ހޯދަމުންނެވެ. ދެން ހިމެނެނީ ސްރީލަންކާގެ ދެ މީހުންނާއި ޕާކިސްތާނުގެ ތިން މީހެކެވެ. ޕާކިސްތާނުގެ އަދަދު ތިނަކަށް އެރީ މިއަދު ޕޮޒިޓިވްވި މީހާއާ އެކުގައެވެ. އެއީ ޕާކިސްތާނަށް ނިސްބަތްވާ އަންހެނެކެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވީ 17 މީހުނެވެ. އެ ބަލި ރާއްޖެއިން ޖެހުނު އިޓަލީގެ ދެ މީހަކު ވަނީ ފުރައިގެން ގޮސްފަ އެވެ.