ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

11 ދިވެއްސަކު ރަޝިޔާއިން ގެނެސްދީފި

Apr 29, 2020

ރަޝިޔާގައި ތިބި 11 ދިވެއްސަކު ރާއްޖެ ގެނެސްފި އެވެ.

އެންއީއޯސީގެ ތަރުޖަމާން އަދި ރައީސް އޮފީސްގެ އަންޑަ ސެކްރެޓަރީ މަބުރޫކް އަޒީޒް މިރޭ ވިދާޅުވީ ރަޝިޔާގައި ރާއްޖެ އަންނަން ބޭނުންވެ ތިބި 11 ދިވެއްސަކު މިއަދު މާލެ ގެނެސްފައިވާ ކަމަށެވެ.

ރަޝިޔާގައި 84 ދިވެއްސަކު އުޅެމުން އައި ކަމަށާ އެ ހުރިހާ އެންމެނަށްވެސް މިއަދު ފްލައިޓް އޮތްކަން އެނގި ކަމަށް މަބުރޫކް ވިދާޅުވި އެވެ. މިއަދު ރާއްޖެ އައި ދިވެހިންނަކީ އޭގެ ތެރެއިން ރާއްޖެއަށް އަންނަން ބޭނުންވާ ކަމަށް ފޮރިން މިނިސްޓްރީއަށް އެންގި މީހުނެވެ.

އެމީހުން ރާޢްޖެ އައުމަށް ޓިކެޓް ނެގީ އަމިއްލައަށެވެ. އެ މީހުން މިހާރު ތިބީ 14 ދުވަހަށް ކަރަންޓީނުގަ އެވެ.

ކޮވިޑްގެ ސަބަބުން ގައުމުތައް ބަންދުވެ، ވައިގެ ދަތުރުފަތުރު މުޅިން ހުއްޓުމާއި ގުޅިގެން ގައުމުތަކުގައި ތިބި ދިވެހިން ގެނައުމަށް މޯލްޑިިވިއަންއިން ވަނީ އެކި ގައުމުތަކަށް ދަތުރުތަކެއް ކޮށްފަ އެވެ. އެ ދަތުރުތަކުގައި ވަރަށް ގިނަ ދިވެހިން ރާއްޖެ ގެނައެވެ. ނަމަވެސް މިއަދު ރަޝިޔާއިން މީހުން ގެނައީ ކޮން ފްލައިޓެއްގައި ކަމެއް ސާފެއް ނުވެއެވެ.