ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ކޮވިޑުން ރަނގަޅުވި ފުލުހުންނަށް ހޫނު މަރުހަބާއެއް

އިންޑިއާގެ މުމްބާއިގައި ކޮވިޑް-19 ޖެހި މުޅިން ރަނގަޅު ވެގެން ގެއަށް ދިޔަ ފުލުހުންތަކަކަށް އެމީހުންގެ އެކުވެރި ފުލުހުންނާއި އާއިލާގެ މީހުން އަދި އަވަށްޓެރިން ވަރަށް ހޫނު މަރުހަބާއެއް ކިޔައިފި އެވެ. މި މީހުންނަށް މަރުހަބާ ކިޔާ މަންޒަރު ފެންނަ ވީޑިއޯއެއް މުމްބައި ފުލުހުން ވަނީ ސޯޝަލް މީޑިއާގައި ޝެއާ ކޮށްފަ އެވެ.

"އެންމެ ވަރުގަދަ ތޫފާންތަކާ ކުރިމަތިލާން ވެސް އަހަރެމެންނަށް ހިތްވަރު ލިބެނީ ކޮން ކަމަކުންކަން އެނގޭތަ؟ އެއީ ތި އެންމެންގެ ނިމުމެއް ނުވާ ލޯބި. އަދި އަގު ނުކުރެވޭ ވަރުގެ ތާއީދު،" މި ވީޑިއޯގެ ކެޕްޝަންގައި ލިޔެފައި ވެއެވެ.

މި ވީޑިއޯ ފެށޭއިރު ފެންނަ ލިޔުންކޮޅުގައިވާ ގޮތުން މިއީ ކޮވިޑް-19 ޖެހުނު ހަތަރު ފުލުހަކު އެ ބަލިން މުޅިން ރަނގަޅުވެގެން އެނބުރި އެމީހުންގެ ގެއަށް ދިޔަ ވަގުތު ގިނަ ބަޔަކު އެއްވެ އެމީހުންނަށް މަރުހަބާ ކިޔާ މަންޒަރެވެ.

ހަތަރު ކްލިޕެއްގެ މައްޗަށް ހިމެނޭ މި ވީޑިއޯގައި ކޮންމެ ފުލުހަކު އެ މީހެއްގެ ގެއަށް ދާ މަންޒަރާއި އެ ގޭގޭގެ ކައިރީގައި ސަފަކަށް އެތުރިގެން ތިބެގެން ހޫނު އަތިލަބަޑިއާއެކު އާއިލާގެ މީހުންނާއި އަވަށްޓެރިން އަދި ފުލުހުންގެ ޑީޕާޓްމަންޓްގެ އިސް ވެރިން މަރުހަބާ ކިޔާ މަންޒަރު ފެނެ އެވެ.

މި ވީޑިއޯ ވަރަށް ކުޑައިރުކޮޅެއްގެ ތެރޭގައި ސޯޝަލް މީޑިއާގައި ވައިރަލްވެ ވަރަށް ގިނަ ބަޔަކު ލައިކް ދީ ކޮމެންޓްވެސް ކޮށްފައި ވެއެވެ.