ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

"އެމްޕީއެލްގެ މުއައްޒަފަކު ވެސް ކޮވިޑަށް ޕޮޒިޓިވްވި"

May 1, 2020
1

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ މުއައްޒަފަކު ވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ ވިދާޅުވީ މިހާތަނަށް އެނގިފައިވާ ގޮތުން އެ ކުންފުނިން ޕޮޒިޓިވްވެފައި ވަނީ އެންމެ ސްޓާފެކެވެ.

އޭނާ ވިދާޅުވީ އެކަން އެނގިފައި ވަނީ މީގެ ފަސް ދުވަސް ކުރިން ކަމަށާއި އޭނާއަކީ ލޮކްޑައުން ސްޓާފެއްގެ ގޮތުގައި މަސައްކަތް ކުރާ މީހެއް ނޫން ކަމަށާއި އާންމުކޮށް ޑިއުޓީއަށް ނުކުންނަ އުސޫލުން ވަޒީފާއަށް އައިސް މަސައްކަތް ކުރާ މީހެއް ކަމަށެވެ.

"އެއީ ލޮކްޑައުން ސްޓާފުންނާއެކީ ލޮކްޑައުންވި ސްޓާފެއް ނޫން. އޭނާއަކީ އާންމުކޮށް ޑިއުޓީއަށް ނުކުންނަ އުސޫލުން 18 ވަނަ ދުވަހު އެންމެ ފަހު ދުވަހަކަށް މުއައްޒަފު ނިކުމެފަ މި ވަނީ. އެ ފަހުން އެހެން މުއައްޒަފެއް ޕޮޒިޓިވްވެފައިވާ ކަމުގެ މައުލޫމާތެއް ލިބިފައެއް ނެތް،" ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ އެމްޕީއެލްގެ މުއައްޒަފުން މަސައްކަތް ކުރާއިރު ގައި ދުރުކޮށް ކުރުމާއި މާސްކާއި އަންގި އަޅައިގެން މަސައްކަތް ކުރެވޭނެ ގޮތް ހަމަޖައްސާފައިވާ ކަމަށެވެ. ލޮކްޑައުންގައި ތިބެގެން މަސައްކަތް ކުރެވޭނެ ވަސީލަތްތައް ހަމަޖައްސާފައިވީ ނަމަވެސް ހުޅުމާލޭގައި އެ ވަސީލަތް ގާއިމްކޮށްފައި ނުވާ ކަމަށް ޝާހިދު ވިދާޅުވި އެވެ. އެހެންކަމުން ޑިއުޓީ އުސޫލުން ވަޒީފާއަށް ނުކުންނަނީ ހުޅުމާލޭގެ މުއައްޒަފުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން މިހާތަނަށް ހާމަކޮށްފައިވާ ގޮތުގައި ރާއްޖޭގައި ކޮވިޑް-19 އަށް ޕޮސިޓިވްވި މީހުންގެ އަދަދު ވަނީ 450 އަށް ވުރެ މައްޗައް އަރައިފަ އެވެ.