ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ޗައިނާ

ޗައިނާގެ އެހީގެ ތަކެތި ގެނައުމުގެ މަސައްކަތް ފަށައިފި

May 2, 2020
1

ޗައިނާގެ އަލީބާބާގެ ފައުންޑަރު އަަދި މަޝްހޫރު މަހުޖަނު، ޖެކް މާ އާއި ޗައިނާގެ އިން ރާއްޖެއަށް ފޯރު ކޮށްދޭ އެހީގެ ތަކެތި ރާއްޖެ ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ޖާން ލިޖޯން މިއަދު ވިދާޅުވެއްޖެ އެވެ.

ސަފީރު ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން ރާއްޖެއިން ކުރާ މަސައްކަތަށް އެހީވެ ދިނުމަށް ޖެކް މާ ނިންމަވާފައިވާ އިރު އެ ތަކެތި ރާއްޖެ ގެނައުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށާއި ފަށާފައިވާ ކަމަށެވެ.

ރާއްޖެއަށް އެހީވާނެ ކަމަށް ޖެކް މާ އިއުލާން ކުރެއްވީ މިދިޔަ މަހުގެ 21 ވަނަ ދުވަހު އެވެ.

ޖެކް މާ އާއި އޭނާގެ ވިޔަފާރީގެ ފަރާތުން ރާއްޖެއަށް ހަދިޔާ ކުރާ ތަކެތީގެ ތެރޭ މާސްކާއި ޓެސްޓު ކިޓާއި ހަޒްމަޓް ސޫޓާއި ވެންޓިލޭޓަރު އަދި ތާމޯމީޓަރު ފަދަ ސާމާނާއި އާލާތްތައް ހިމެނެ އެވެ.

ރާއްޖެއިން ހަދާ ކަރަންޓީން ފެސިލިޓީތަކުގެ މަސައްކަތައް ވެސް ޗައިނާއިން އެހީވެ އެވެ.