ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ނުރައްކާ ބޮޑު ހުރިހާ ބިދޭސީން ކަރަންޓީން ކުރަނީ

ދިރިއުޅޭ ވަކި ތަނެއް ކަނޑައެޅިފައިނުވާ ބިދޭސީ މަސައްކަތްތެރިންނާ ބަލީގެ ނުރައްކަލަށް ހުށައެޅިފައިވާ ހުރިހާ ބިދޭސީން އެންއީއޯސީއިން ކަނޑައަޅާ ތަންތަނުގައި ކަރަންޓީން ކުރުމަށް އަންގާ، ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް ހާއްސަ އެންގުމެއް އަންގަވައިފި އެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ނެރުއްވާފައިވާ މި އެންގުމުގައި ބިދޭސީ މަސައްކަތްތެރިން ކަރަންޓީން ކުރުމަށް އެންއީއޯސީއިން އަންގާ ގޮތެއްގެ މަތިން ދައުލަތުގެ މުއައްސަސާތަކުން އަމަލުކުރަން ޖެހޭނެ ގޮތް ވަނީ އަންގާފައެވެ.

އެ އެންގުމުގައި މާލެ ސަރަހައްދުގައި އުޅޭ ބިދޭސީންގެ ތެރެއިން ވަޒީފާ އަދާކުރާ ވަކި ތަނެއް ނެތް އަދި ދިރިއުޅޭ ވަކި ތަނެއް ކަނޑައެޅިފައިނުވާ ބިދޭސީ މަސައްކަތްތެރިން އެކަހެރިކޮށް މޮނިޓަރު ނުކުރާ ނަމަ އެމީހުންގެ މެެދުގައި ކޮވިޑް ފެތުރުމުގެ ފުރުސަތު ވަރަަށް ބޮޑު ކަމަށް ފެންނާނީ އެންއީއޯސީން ކަނޑައަޅާ ތަނެއްގައި ކަރަންޓީން ކުރަން ވަނީ އަންގާފައެވެ.

އަދި ގިނަ އަދަދެއްގެ ބިދޭސީން ދިރިއުޅެމުންދާ ތަންތަނުގެ ތެރެއިން މިހާރުވެސް ފުލުހުން މޮނިޓަރު ކުރަމުންދާ ތަންތަނުގައި އުޅޭ ބިދޭސީންނަކީ ބައްޔަށް ޕޮޒިޓިވްވެފައިވާ މީހުންނާ ގުޅުންހުރި ބަޔަކަށްވާތީ އެ މީހުުންވެސް އެންއީއޯސީން ކަނޑައަޅާ ތަނެއްގައި ކަރަންޓީން ކުރަން ވަނީ އަންގާފައެވެ.

އަދި ކޮވިޑަށް ޕޮޒިޓިވްވީ ބިދޭސީންނާއި ސީދާ ގޮތުންނާއި ނުސީދާ ގޮތުން ދިމާވެފައިވާ ހުރިހާ ބިދޭސީންނާއި ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން އެއިން ހާލަތަަށް ނުފެތޭ އެހެން ނަމަވެސް ބަލި ޖެހުމުގެ ފުރުސަތު އޮތް ކަމަަށް ގަބޫލުކުރެވޭ ހުރިހާ ބިދޭސީންވެސް އެންއީއޯސީން ކަނޑައަޅާ ތަނެއްގައި ކަރަންޓީން ކުރަން ވަނީ އަންގާފައެވެ.

ރާއްޖެއިން ކޮވިޑަަށް ޕޮޒިޓިވްވީ މީހުންގެ ތެރޭގައި ގިނައީ ބިދޭސީ މަސައްކަތްތެެރިންނެވެ. ގިނަ އަދަދެެއްގެ ބިދޭސީން ދިރިއުޅޭ 23 ތަނެއް ފުލުހުން މިހާރުވެސް ދަނީ ބަލަހައްޓަމުންނެވެ.