ހދ. މަކުނުދޫން ތިން މީހަކު ޑިންގީއެއްގައި ހދ، ނޭކުރަންދޫއަށް ކައިރިކޮށް ސިއްރުން އެ ރަށަށް އެރި މައްސަލައެއްގައި އެ ތިން މީހުން ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ އެ ތިން މީހުން މިއަދު މެންދުރު ފަހު ފަހު ނޭކުރެންދޫއަށް އަރައި އުޅެނިކޮށް ފެނިފައި ވަނީ ފުލުހުން ޕެޓްރޯލް ކުރަމުން ދަނިކޮށް ކަމަށާއި އޭރު އެ މީހުން އުޅުނީ ރަށުގެ ފުއްޓަރު ފަރާތަށް ޑިންގީ ކައިރިކޮށް ރަށަށް ބައިބަން ކަމަށެވެ.
ހައްޔަރުކޮށްފައިވާ ދިވެހި އެ ދެފިރިހެނުންގެ މައްސަލަ ފުލުހުން ގެންދަނީ ބަލަމުންނެވެ.