ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ނޭކުރެންދޭ

ނޭކުރެންދޫ މޮނީޓަރިންގެ ހާލަތަށް

ސިއްހީ ގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށް ހދ. ނޭކުރެންދޫ މޮނީޓަރިންގެ ހާލަތަށް ގެނެސްފި އެވެ.

އެޗްޕީއޭ އިން އެ ރަށް މޮނީޓަރިންގެ ހާލަތަށް ގެންދިޔައީ އެރަށުން ރިސޯޓަކަށް ދިޔަ މީހަކު ކޮވިޑް-19 އަށް އިއްޔެ ޕޮޒިޓީވް ވެގެނެވެ. އެމީހާ އާއި ޑައިރެކްޓް ކޮންޓެކްޓްވި މީހުން މިހާރު ތިބީ ކަރަންޓީނު ކޮށްފަ އެވެ.

އެހެންކަމުން އެޗްޕީއޭއިން ވަކި އެއްޗެއް އަންގަންދެން އެރަށަށް އަރާ ފޭބުން ވަނީ މަނާ ކޮށްފަ އެވެ.

ކޮވިޑަށް ކޮންމެ ދުވަހަކު ޕޮޒިޓިވްވާ މީހުންގެ އަދަދު ހުންނަނީ 100 އިން މަތީގަ އެވެ. ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް އެޗްޕީއޭ އިން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ.