ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އިދިކޮޅު ފަރާތްތައް

ނަރުދޫގެ ހާލަތާމެދު އިދިކޮޅު ކަންބޮޑުވެއްޖެ

May 3, 2020
1
ނަރުދޫ
0%
0%
0%

ށ. ނަރުދޫއިން މިހާތަނަށް 11 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު އެ ރަށުގެ ސިއްހީ ހާލަތު ރަނގަޅު ކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ކޮށްފައިނުވާ ކަމަށް ބުނެ އިދިކޮޅުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ނަރުދޫ އަމާޒު ބޯޓްގެ ކެޕްޓަން ކޮވިޑަށް ޕޮޒިޓިވްވީ ފަހުން އެ ކޭސްއާ ގުޅިގެން އިތުރު 10 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

ޕްރޮގްރެސިވް ކޯލިޝަނުން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފަައިވަނީ ނަރުދޫއިން 11 މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވާއިރު އަދިވެސް އެ ރަށުގެ ސިއްހީ ހާލަތު ރަނގަޅު ކުރެވިފައިނުވާ ކަމަށެވެ.

އެ ރަށުގައި ކޮވިޑަށް ޓެސްޓް ކުރެވެން ނެތުމާއި ސިއްހީ ހިދުމަތް ދިނުމަށް އެކަށީގެންވާ ޓީމެއްވެސް ނެތް ކަމަށް ވަނީ ބުނެފައެވެ. އަދި ބަލި މީހުންނާ ސީދާ ގޮތުން ބައްދަލްވެފައިވާ އެތައް ބަޔަކު ތިބިއިރު އެމީހުން ވަކިން ގެންގުޅެވޭނެ އައިސޮލޭޝަން ނުވަތަ ކަރަންޓީން ފެސިލިޓީއެއްވެސް މިހާތަނަށް ގާއިމްކޮށްފައިނުވާ ކަމަށްވެސް ވަނީ ބުނެފައެވެ.

“..މީގެ އިތުރުން ރަށް އެއްކޮށް ބަންދުވެފައި އޮތުމުން، ރަށުން ބޭސް ނުލިބުމާއި ޒަރޫރީ ބޭނުންތައް ފުއްދުމަށް ބޭނުންވާ އެންމެ އާދައިގެ ތަކެތި ރަށުން ލިބެން ނެތުމާއި ސިއްހީ ގޮތުން ރައްކާތެރިވުމަށް ބޭނުންވާ މާސްކް، ސެނެޓައިޒާ، އަންގި ފަދަ ތަކެތިވެސް ރަށުން ލިބެން ނެތުމަކީވެސް ރަށުގެ ރައްޔިތުން އިތުރު ހާސް ކަމެއްގެ ތެރެއަަށް ދާންޖެހިފައިވާ މައްސަލައެއް.”

އިދިކޮޅުން ވަނީ ވައިރަސްގެ އަސަރު ފެނިފައިވާ ރަށްރަށުގެ ސިއްހީ ނިޒާމު ވަރުގަދަކޮށް ރައްޔިތުންނަށް ރައްކާތެރި މާހައުލެއް ހޯދާ ދިނުމަށް ގޮވާލާފައެވެ.

މާލޭގެ އިތުރުން ކޮވިޑްގެ ނުރައްކާ އެންމެ ބޮޑީ ނަރުދޫގައެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910