ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ޔުކުރެއިންގައި ތިބި 23 ދިވެހިން ރާއްޖެ ގެންނަނީ

ޔުކުރެއިންގައި ތިބި 23 ދިވެހިން ރާއްޖެ ގެނައުމަށް ހަމަޖެހިފައިވާ ކަމަށް އެންއީއޯސީއިން ބުނެފި އެވެ.

މިރޭ އެ ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި މަބުރޫކް ވިދާޅުވީ ޔޫކުރެއިންގައި ތިބި ދިވެހިންގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވާ ދިވެހިންނަށް ފުރުސަތު ހުޅުވާލުމުން 23 މީހަކު ރާއްޖެ އަންނަން ބޭނުންވާކަން އަންގާފައިވާ ކަމަށެވެ.

އެ މީހުންނަށް ރާއްޖެ އާދެވޭނެ މަގު މިހާރު ފަހިވެފައިވާ ކަމަށާ ވަރަށް އަވަހަށް ޔޫކުރެއިންއިން 23 މީހުން ރާއްޖެ އަންނާނެ ކަމަށެވެ. މިވަގުތު ޓިކެޓްގެ ކަންކަން ހަމަޖައްސަމުންދާ ކަމަށާ ޓިކެޓަށް ފައިސާ ދައްކަނީ އެމީހުން އަމިއްލައަށް ކަމަށް މަބުރޫކް ވިދާޅުވިއެވެ.

މަބުރޫކް ވިދާޅުވީ ސައުދީގައި ތިބި ދިވެހިން ކިޔަވާ ކުދިން ރާއްޖެ ގެނެވޭނެ ގޮތްތަކެއް ހަމަޖެހޭތޯވެސް މަސައްކަތް ކުރަމުން އަންނަ ކަަމަށެވެ. މިހާތަނަށް އެކަން ނުކުރެވި ވަނީ ސައުދީން ރާއްޖެ އަންނަ ފްލައިޓެއް ނެތުމުން ކަަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކޮވިޑާ ގުޅިގެން ގައުމުތައް ލޮކްޑައުންކޮށް ވައިގެ ދަތުރުފަތުރު ހުއްޓާލާފައިވާއިރު އެކަމުގެ ސަބަބުން ގައުމަށް ނާދެވި ތިބި އެތައް ދިވެހިންނެއް ސަރުކާރުން މީގެ ކުރިންވެސް ވަނީ ރާއްޖެ ގެނައުމަށް އެހީތެރިވެދީފައެވެ.