ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ރާއްޖޭގެ ޕޮޒިޓިވް އަދަދު 545 އަަށް

ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު 545 އަށް އަރައިފި އެވެ.

އެޗްޕީއޭއިން ދެންމެ ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި 14 މީހަކު ބައްޔަށް ޕޮޒިޓިވްވެފައެވެ. އެ މީހުންގެ ތެރެއިން 14 މީހުންނަކީ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ފާހަގަ ކުރެވުނު ބައެކެވެ. އަނެއް މީހަކީ އާ ކްލަސްޓާއެއް ކަމަށް އެޗްޕީއޭއިން ބުންޏެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި 545 މީހުންގެ ތެރެއިން 188 މީހުންނަކީ ދިވެހިންނެވެ. އަދި 357 މީހުންނަކީ ބިދޭސީންނެވެ. މި މީހުންގެ ތެރޭގައި އިންޑިއާ، ލަންކާ، ބަންގްލަދޭޝް، ނޭޕާލް އަދި ޕާކިސްތާނު މީހުން ހިމެނެއެވެ. އެންމެ ގިނައީ ބަންގްލަދޭޝްގެ މީހުންނެވެ.

އިއްޔެ އަކީ މި ފަހުން އެންމެ މަދުން ކޮވިޑަށް މީހުން ޕޮޒިޓިވްވީ ދުވަހެވެ. އިއްޔެގެ ނަންބަރަކީ އަށެކެވެ.

ހޮނިހިރު ދުވަހު ޕޮޒިޓިވްވީ 28 މީހުންނެވެ. ހުކުރު ދުވަހުވެސް ވަނީ 23 މީހަކު ޕޮޒިޓިވްވެފައެވެ.

މިދިޔަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން މާލެތެރެއިން ކޮވިޑް ބަލި ފެންނަން ފަށާފައިވާއިރު މިދިޔަ ބުރާސްފަތި ދުވަހަކީ ރެކޯޑް އަދަދަކަށް މީހުން ޕޮޒިޓިވްވީ ދުވަހެކެވެ. ބުރާސްފަތި ދުވަހު އެކަނިވެސް 191 މީހުން ވަނީ ޕޮޒިޓިވްވެފައެވެ.

މި ވަގުތު ކަރަންޓީންގައި ތިބީ 1759 މީހުންނެވެ. އަދި 458 މީހުން އައިސޮލޭޝަންގައި އެބަތިބި ކަމަށް އެޗްޕީއޭއިން ބުންޏެވެ.

ކޮވިޑް ޖެހިގެން ރާއްޖެއިން އެކަކު ވަނީ މަރުވެފައެވެ.