ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑް-19: ރަނގަޅުވީ މީހުންގެ އަދަދު 20 އަށް

ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން އިތުރު ދެ މީހަކު ރަނގަޅުވެއްޖެ އެވެ.

މިރޭ އެންއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އެ ސެންޓަރުގެ ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވީ ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ މީހުންގެ ތެރެއިން އިތުރު ދެ މީހަކު ރަނގަޅުވެފައިވާ ކަމަށެވެ. އެހެން ކަމުން ރާއްޖެއިން ރަނގަޅުވީ މީހުންގެ އަދަދު 20 އަށް އެރީއެވެ.

ބަލި ޖެހުނު މީހުންގެ ތެރެއިން ދެ މީހަކު ރާއްޖެއިން ފުރައިގެންގޮސްފައެވެ.

މިއަދު ޕޮޒިޓިވް ވި 22 މީހުންނާއެކު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވް ވި މީހުންގެ އަދަދު ވަނީ 573 އަށް އަރާފަ އެވެ.

މިދިޔަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން މާލެތެރެއިން ކޮވިޑް ބަލި ފެންނަން ފަށާފައި ވާއިރު މިދިޔަ ބުރާސްފަތި ދުވަހަކީ ރެކޯޑް އަދަދަކަށް މީހުން ޕޮޒިޓިވްވި ދުވަހެކެވެ. އެ ދުވަހު އެކަނިވެސް 191 މީހުން ވަނީ ޕޮޒިޓިވްވެފައި ވެއެވެ.

މި ވަގުތު ކަރަންޓީންގައި ތިބީ 1759 މީހުންނެވެ. އަދި 458 މީހުން އައިސޮލޭޝަންގައި އެބަތިބި ކަމަށް އެޗްޕީއޭއިން ބުންޏެވެ. ކޮވިޑް ޖެހުނު ދެ މީހަކު ރާއްޖެއިން ވަނީ މަރުވެފަ އެވެ. އެއީ ބިދޭސީ މީހަކާއި ދުވަސްވީ ދިވެހި އަންހެނެކެވެ.