ރައީސް މުހައްމަދު ނަޝީދު

ނަޝީދު އާ ކުރެއްވީ 7 ފެބްރުއަރީގެ ހަނދާނެއް

ފެބްރުއަރީ ހަތެއް، 2012 ގައި ބަންޑާރަކޮށީގައި ނުހުންނަވާ ބޭރަށް ނުކުންނެވީ ރައީސް މުހައްމަދު އަމީނާމެދު ކަންތައްތައް ވެގެން ދިޔަކޮށް އެމަނިކުފާނުގެ ދަރިކަނބަލުން އަމީނާ މުހައްމަދު އަމީން ވިދާޅުވެ ދެއްވާފައި އޮތުމުން ކަމަށް ވިދާޅުވެ ކުރީގެ ރައީސް މުހައްމަދު ނަޝީދު، އެމަނިކުފާނުގެ ވެރިކަން ބަދަލުވީ ދުވަހުގެ ހަނދާނެއް އާ ކުރައްވައިފި އެވެ.

ކުރީގެ ރައީސް މުހައްމަދު އަމީންގެ ދަރިކަނބަލުން އަމީނާ މުހައްމަދު އަމީން އަވަހާރަވީ މިއަދު އެވެ. ރައީސް އިބްރާހިމް ނާސިރުގެ ދައުރު ގަ އާއި ރައީސް މައުމޫންގެ ދައުރުގައި ދިވެހި ދައުލަތަށް ގިނަ ހިދުމަތްތަކެއް ވެސް ކުރައްވާފައިވާ އެކަމަނާ އަވަހާރަވީ އުމުރުފުޅުން 85 އަހަރުގަ އެވެ.

އަމީނާ އަވަހާރަވުމާއި ގުޅިގެން ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަމީނާ މުހައްމަދު އަމީންގެ މުޅި ހަޔާތްޕުޅަށްވުރެ ވަކިން ދިވެހިންނާއި ގުޅިފައިވާ އެހެން އެއްވެސް ފަރާތެއް ނުވާ ކަމަށެވެ. އެކަމަނާގެ ބައްޕާފުޅު ރައީސް މުހައްމަދު އަމީން އަވަހާރަވި ހާދިސާއިން އަމީނާއަށް ލިބިވަޑައިގެންފައިވި ހިތާމައާއި އަސަރު، ފަހުންވީ މުޅި ދިވެހި އުންމަތުގެ އުގޫބާތަކަށް ކަމަށާ އަދި އެކަންވީ ލިބުނު ބޮޑު ފިލާވަޅަކަށް ކަމަށް ނަޝީދު ވިދާޅުވިއެވެ.

"ހަމަ ގައިމުވެސް ހަތެއް ފެބްރުއަރީ 2012 ގައި އަޅުގަނޑު، ބަނޑޭރިގެ ހަމަ އެ އަނބުގަސްދޮށުގައި ނުހުންނަވާ ބޭރަށް ނުކުތީ އަމީނާ އެ ވާހަކަ އެ ގޮތަށް ވިދާޅުވެފައި ވާތީ." ދިވެހި ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް މުހައްމަދު އަމީންގެ ވެރިކަން ނިމިގެންދިޔަ ގޮތާއި، ރައީސް ނަޝީދުގެ ވެރިކަން ނިމިގެންދިޔަ ދުވަހަށް އިޝާރާތް ކުރައްވާ ވިދާޅުވެފައި ވެއެވެ.

ރައީސް ނަޝީދު ވަނީ އަމީނާގެ ފުރާނަފުޅަށް ހެޔޮ ރަހުމަތް ލެއްވުން އެދި ދުއާ ކުރައްވާފައެވެ.

ފެބްރުއަރީ ހަތެއް، 2012 ގައި ރައީސް ނަޝީދު ވަނީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުން އިސްތިއުފާ ދެއްވާފައެވެ. އެމަނިކުފާނު އިސްތިއުފާ އައީ ގައުމު ވަރަށް ހަލަބޮލިވެ، ވެރިރަށް މާލޭގައި އެތައް ކަންތައްތަކެއް ހިނގާދިއުމާއި ގުޅިގެންނެވެ.