އަމީނާ މުހައްމަދު އަމީން

އަމީނާ މުހައްމަދު އަމީން އަވަހާރަ ވެއްޖެ

ކުރީގެ ރައީސް މުހައްމަދު އަމީންގެ ދަރިކަނބަލުން އަމީނާ މުހައްމަދު އަމީން މިއަދު އަވަހާރަ ވެއްޖެ އެވެ. ރައީސް އިބްރާހިމް ނާސިރުގެ ދައުރު ގަ އާއި ރައީސް މައުމޫންގެ ދައުރުގައި ދިވެހި ދައުލަތަށް ގިނަ ހިދުމަތްތަކެއް ވެސް ކުރައްވާފައިވާ އެކަމަނާ އަވަހާރަވީ އުމުރުފުޅުން 85 އަހަރުގަ އެވެ.

ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ހަމައެކަނި ރައީސް، މުހައްމަދު އަމީންގެ ހަމައެކަނި އަންހެން ދަރިކަނބަލުންގެ އަމީނާ މިއަދު އަވަހާރަވީ އެކަމަނާ ދިރިއުޅުއްވާ ގޭގަ އެވެ. އަވަހާރަވި އިރު އާލާސްކަންފުޅާ އުޅުއްވާތާ ގިނަ ދުވަސްތަކެއް ވެފައި ވެއެވެ،

މުޅި ރާއްޖެއަށް މަޝްހޫރުވި "ޖިންސުއްލަތީފުންގެ ރޫހު" ނޫހުގެ އެޑިޓަރު، އަދި ދެ ފަހަރެއްގެ މަތީން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން އަދާ ކުރެއްވުމުގެ އިތުރުން އެކަމަނާ ވަނީ ރާއްޖޭގެ އަންހެނުންގެ ތަރައްގީ އަށާއި ކުޅިވަރާއި ލިޔުންތެރި ކަމަށް ވަރަށް ގިނަ މަސައްކަތްތައް ކުރައްވާފަ އެވެ

އަމީނާގެ ބޭފުޅުންގެ ތެރޭގައި އިނގިރޭސި ވިލާތުގައި ހުންނަވާ ރާއްޖޭގެ ސަފީރު ފަރަހަނާޒް ފައިސަލާއި ކުރީގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލާއި އަދި ސުވެއިކާރު އަބްދުލް ހަމީދުގެ އިތުރުން ގައުމުން ބޭރުގައި ދިރިއުޅުއްވާ އިބްރާހިމް ފައިސައިލް ހިމެނި ވަޑައިގަންވަ އެވެ.

މުހައްމަދު އަމީން އަވަހާރަވީ އަމީނާގެ އުމުރުފުޅުން 17 އަހަރުގަ އެވެ. އަމީނާއަކީ ރައީސް އަމީނާއި ފަސްޓް ލޭޑީ، މެޑަމް ފާތުމަތު ސައީދަށް ލިބި ވަޑައިގެންނެވި ތިން ބޭފުޅުންގެ ތެރެއިން ދުނިޔޭގައި އިންނެވި ހަމައެކަނި ބޭފުޅާ އެވެ.