ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރިޕޯޓް

ރާއްޖެއަށް ހެދުނީ ސިންގަޕޫރުގެ މިސްޓޭކް!

ސިންގަޕޫރުގައި ވެސް ބިދޭސީ މަސައްކަތްތެރިން ދިރިއުޅެނީ ތޮއްޖެހިފައި ހުންނަ ތަންތަނުގައި. -- ފޮޓޯ: ރޮއިޓާސް
12.5%
0%
87.5%

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރަން ދަތި ވެގެން ގިނަ ގައުމުތަކުން ހާސް ވެގެން އުޅުނުއިރު ބަލި ހުއްޓުވުމުގައި ސިންގަޕޫރުން ދިއައީ މުޅި ދުނިޔެއަށް ނަމޫނާއެއް ދައްކަމުންނެވެ. ސިންގަޕޫރުން ފިލާވަޅު ހޯދަން ބުނެ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯގެ ތައުރީފު ވެސް ކުރި އެވެ. "ސިންގަޕޫރުން އެންމެ ގާ ކޮޅެއް ވެސް ނުފޮރުޅާ ދުލެއް ނުކުރޭ. އިންފްލުއެންޒާ ފަދަ ނޭވާލާ ނިޒާމުގެ ބަލިތައް ހުރިހާ މީހުން ދަނީ ޓެސްޓު ކުރަމުން،" ޑަބްލިޔޫއެޗްއޯގެ ވެރިޔާ ޑރ. ޓެޑްރޯސް މިދިއަ ފެބްރުއަރީ މަހު ވިދާޅުވެފައިވެ އެވެ.

ކޮވިޑް-19، އެންމެ ފުރަތަމަ ފެތުރޭން ފެށި އިރު ގިނަ ގައުމުތަކުން ތިބީ އަޅާނެ ފިޔަވަޅުތަކާބެހޭ ގޮތުން މަޝްވަރާކުރުމުގައި މަސްއޫލުވެ އެވެ. އެކަމަކު ސިންގަޕޫރުން މަޝްވަރާއަށް ވަގުތު ބޭކާރު ނުކޮށް އަވަސް ފިޔަވަޅުތަކެއް އެޅި އެވެ. މީގެ ކުރީން 2002 ވަނަ އަހަރުގެ ސާސް ރޯގާ އާއި 2009 ގެ ސްވައިން ފްލޫގެ ބަލިމަޑުކަމުގައި އެޅި ފިޔަވަޅުތަކާއެކު ސިންގަޕޫރުގެ އަބަދުވެސް ހަރުދަނާކޮށް އޮންނަ ސިއްހީ ނިޒާމް އޮތީ މިފަދަ ބަލިމަޑުކަމަކާ ކުރިމަތިލާން ފުރިހަމައަށް ތައްޔާރުވެފަ އެވެ. އެގޮތުން، އެއް ތަނުން އަނެއް ތަނަށް މީހުން ދަތުރު ކުރުން ލިމިޓުކޮށް، ސްކޫލްތަކާއި ކުންފުނިތަކުގައި ވެސް މީހުން ޓެސްޓު ކުރަން ފެށި އެވެ.

ބަލި ޖެހުނު 40 ޕަސަންޓް މީހުން ބަލީގެ އަލާމާތްތައް ފެންނަން ފެށުމުގެ ކުރިން ހޯދި އެވެ. ހަތަރު ގަޑިއިރުގެ ނޯޓިހަކާއެކު ލޮކްޑައުންކުރި އިންޑިއާ އާ ހިލާފަށް، ގައިދުރު ކުރުމުގެ ފިޔަވަޅުތައް ވެސް މަޑުމަޑުން އެޅުމުގެ ސަބަބުން، ރައްޔިތުންނަށާއި ވިޔަފާރިތަކަށް ވެސް ތައްޔާރުވާން ވަގުތު ލިބުނެވެ. އެގޮތުން، ޖެނުއަރީ 23 ވަނަ ދުވަހު ކޮވިޑް-19 އިގެ ފުރަތަމަ ކޭސް ރިޕޯޓުކުރި ސިންގަޕޫރުގައި، އޭގެ ދެ މަސް ފަހުން ވެސް ދުވާލަކު ޕޮޒިޓިވްވާ މީހުންގެ އަދަދު 50 އަށް ވުރެ ދަށުގައި ހިފެހެއްޓުނެވެ.

ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ އިތުރުން ކޮރަޕްޝަން ކުޑަ ސަރުކާރެއްގެ ތެރެއިން އަރަނި ބަޖެޓަކާއެކު އިގުތިސޯދީ ގޮތުން އައި ހީނަރުކަމުން އަރައިގަތުމުގެ ގާބިލުކަން ވެސް ހުއްޓެވެ. އެގޮތުން، ގައުމުގެ އުފެއްދުންތެރިކަމުގެ ނިސްބަތުން 15 ޕަސަންޓްގެ ބިޔަ ސްޓިމިއުލަސް ޕްލޭނަކަށް އަމަލު ކުރަން ފެށި އެވެ.

ނަމަވެސް، އޭރު ވެސް ބައެއް ސިއްހީ މާހިރުންގެ ނުރައްކަލުގެ އިންޒާރުތައް ދެއްވަމުން ގެންދެވި އެވެ. ސިންގަޕޫރުގެ އިގުތިސޯދު ބަރޯސާވެފައި އޮންނަ އެތަކެއް ހާސް ބިދޭސީ މަސައްކަތްތެރިންގެ މެދުގައި އެ ބަލި ފެތުރިފައިވާ މިންވަރު ދެނެގަންނަން އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވޭ ކަމަށް ވިދާޅުވެ އެވެ.

އޭރު އެ ކަންބޮޑުވުންތަކަށް ސަމާލުކަމެއް ނުދެވުނުއިރު، ކަމާބެހޭ އިދާރާތަކުގެ ރާޑަރުތަކުގެ ބޭރުން، ތޮއްޖެހިފައިވާ ބިދޭސީ ކްއާޓަރުތަކުގައި ބަލި ދިއައީ ހަލުއި ދުވެލީގައި ފެތުރެމުންނެވެ. އަދި ބައްޔާ ދެކޮޅަށް ސަރުކާރުން އެޅި ބައެއް ފިޔަވަޅުތަކުގެ ސަބަބުން، ބިދޭސީ މަސައްކަތްތެރިންގެ މެދުގައި އެ ބަލި އިތުރަށް ފެތުރިގެން ދިޔަ ކަމަށް މިހާރު ބައެއް ސިއްހީ މާހިރުން ގެންދަވަނީ ވިދާޅުވަމުންނެވެ.

ކޮވިޑް-19 އިގެ ދެވަނަ ރާޅާއެކު، ސިންގަޕޫރަކީ މިހާރު އިރުދެކުނު އޭޝިއާގައި އެންމެ ގިނަ ކޭސް ފެނިފައިވާ ގައުމެވެ. އެގޮތުން، އިއްޔެ އެކަނިވެސް 780 އަށް ވުރެ ގިނަ ކޭސް ފެނިފައިވާއިރު، އެ ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 20،000 އަށް ވުރެ މައްޗަށް އަރައިފައި ވެއެވެ.

ރާއްޖެވެސް އެއް މިސްރާބެއްގައި

ތަރައްގީގެ ގޮތުން، ސިންގަޕޫރަކީ ރާއްޖޭން އަބަދުވެސް ނަމޫނާއަކަށް ބަލާ ގައުމެކެވެ. ސިޔާސީ ލީޑަރުން ވެސް އެފަދަ މިސާލުތައް ވެސް ޖައްސަވަ އެވެ. މިފަހަރު ރާއްޖެ މި އޮތީ ސިންގަޕޫރާއެކު އޮންނަން ބޭނުން ނުވާ މިސްރާބެއްގަ އެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖެ "ނަސީބު" ގަދަ ކަމަށް ސަރުކާރުގެ ބައެއް ބޭފުޅުން މީގެ ކުރިން ވިދާޅުވެފައިވެ އެވެ. ކޮމިޔުނިޓީ ސްޕްރެޑެއް ނެތި އެތަކެއް ހަފުތާއެއް ވަންދެން ހަމަ ނޭވާ ލައިގެން، މާ ހަރުކަށި ފިޔަވަޅުތަކެއް ނާޅާ ތިބެވުނީ ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ސަބަބުން ކަމަށް ވެސް ވިދާޅުވަމުން ގެންދެވި އެވެ. އެއީ ރަނގަޅު ވެސް ވާހަކައެކެވެ.

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ގަވައިދަށް ފައްތަން ސަރުކާރުން ފެށި ޕްރޮގްރާމުގެ މަސައްކަތް ގަލޮޅު ދަނޑުގައި ކުރިއަށްދަނީ. -- އަވަސް ފައިލް ފޮޓޯ

އެކަމަކު ސިންގަޕޫރެކޭ އެއް ފަދައިން، ބިދޭސީ މަސައްކަތްތެރިންގެ ބޮޑު އާބާދީއެއް އޮންނަ ރާއްޖެއަށް ވެސް ހެދުނީ ހަމަ އެއް މިސްޓޭކެކެވެ. ބިދޭސީ "ހާލި" ތަކަށް ބަލި ވަދެއްޖެނަމަ، އެ ކޮންޓްރޯލް ނުކުރެވޭނެ ކަމަށް އޭރު ވެސް ބުނަމުންދިއަ އަޑުތަކަށް އެކަށީގެންވާ އިޖާބައެއް ނުދެވުނެވެ.

ގިނަ އަދަދެއްގެ ބިދޭސީން ގައިގޯޅިވެގެން ދިރިއުޅެން ޖެހިފައިވާ ތަންތަނުން އެމީހުން ބަދަލު ކުރަން މަސައްކަތެއް ފެށި ނަމަވެސް، އެކަން ހަގީގަތުގައި އެންމެ އަވަސް މިނުގައެއް ނުކުރެވުނެވެ. އެމީހުނަށް ހާއްސަކޮށް ގާއިމުކުރި ފްލޫ ކްލިނިކުތަކަށް ދިޔަ އަދަދު ނިސްބަތުން މަދު ނަމަވެސް، އެ މީހުންގެ މެދުގައި ބަލި އޮތްތޯ ޓެސްޓު ކުރަން އިސްކަމެއް ނުދެވުނެވެ.

ބަލީގެ ހުޅުގަނޑު ބައިބޯ މާލެ ތެރެއަށް ފަޅައިގެން ދިއައީ ސިންގަޕޫރާ ދާދި އެކުއެކީގަ އެވެ. މިދިއަ މަހުގެ 15 ވަނަ ދުވަހު މާލެއިން ފުރަތަމަ ކޭސް ފެނުނުއިރު، އޭރު ވެސް ލަސް ވެއްޖެކަން މިހާރު ފެންނަމުންދާ އަދަދުތަކުން ވެސް އެ އޮތީ ފެންނާށެވެ. އޭގެ ފަހުން މަހެއް ވެސް ނުވަނީސް، ބަލި ޖެހުނު މީހުންގެ އަދަދު މިހާރު އެ ހުރީ 600 އަށް ވުރެ މަތީގަ އެވެ.

ބަލި ފެތުރިފައިވާ މިންވަރުގެ ކޮޅެއް މެދެއްވެސް އަދި ފެނިފައި ނުވާއިރު، އެ އަދަދު އެތައް ގުނައަކުން އިތުރުވެދާނެ ކަމަށް ޑޮކްޓަރުން ވަނީ ލަފާ ކުރައްވާފަ އެވެ. އަދި ބަލީގެ ޕީކަށްދާނީ ލޮކްޑައުން ނެގުމުން ކަމަށް އެ ބޭފުޅުން ވިދާޅުވާއިރު، ރާއްޖެއަށް ކޮވިޑްގެ ދެވަނަ ރާޅެއްގެ ބިރު އިންތިހާއަށް ބޮޑެވެ.

ރާއްޖޭން ވެސް މިހާރު އަޅަމުންދަނީ ސިންގަޕޫރާ ދާދި އެއްގޮތް ފިޔަވަޅު ތަކެކެވެ. ތޮއްޖެހިފައިވާ ތަންތަނުން ބިދޭސީން ނެރެ، ސަރުކާރުން ގާއިމު ކޮށްފައިވާ ވަގުތީ ސެންޓަރުތަކަށް ބަދަލު ކުރުމުގެ މަސައްކަތް މިހާރު އިސްކަންދޭ ލިސްޓުގެ އެންމެ ކުރިއަށްވަނީ ލާފަ އެވެ. މި ކަމުގައި ދެ ގައުމު ތަފާތު ވަނީ ގާބިލު ކަމުގެ ގޮތުންނެވެ. ނަމޫނާއަކަށް ބަލާ ސިންގަޕޫރާ ހިލާފަށް، ރާއްޖޭގައި އަރަނި ބަޖެޓެއް ނޯވެ އެވެ. ސިއްހީ ވަސީލަތްތައް ޒަމާނުއްސުރެ މަދެވެ. ފްރަންޓްލައިނުގައި މަސައްކަތްކުރާ ބައެއް އިދާރާތަކުގެ ތެރެއަށް މިހާރު ވެސް އެ ބަލި ވަދެފައިވާއިރު، ފެތުރުން ހުއްޓުވަން ކުރާ މަސައްކަތްތަކަށް މިހާރު ވެސް ބޮޑެތި ގޮންޖެހުންތަކެއް ދަނީ ކުރިމަތިވަމުންނެވެ.

ދެން އޮތީ އިގުތިސޯދީ ފުދުންތެރިކަމުގެ ތަފާތެވެ. ރާއްޖޭގެ އިގުތިސޯދުގެ މައި އިންޖީނު ނިވުނުތާ ދެ މަހަށް ވުރެ ގިނަ ދުވަސް ވެފައި ވާއިރު، ގިނަ ބައެއްގެ ވަޒީފާތައް ގެއްލި، މަގުމަތިވަމުން ދާއިރު އެ ބިރު ބޮޑުވަމުން ދާނެ ކަމަށް މިހާރު ވެސް ވަނީ ލަފާ ވެފަ އެވެ.

އެހެން ގައުމުތަކުގެ މިސާލާއެކު މިކަމުން އަރައިގަތުމަށް އަދި އިތުރު ދެ މަހެއްހާ ދުވަސް ހޭދަވާނެ ކަމަށް ސަރުކާރުން ލަފާކުރާއިރު، އިގުތިސޯދީ ހަރަކާތްތައް ހަގީގަތުގައި ފެށިގެން ދާނީ، ބޯޑަރުތައް ހުޅުވި، ޓޫރިސްޓުން އަންނަން ފަށާ ހިސާބުންނެވެ. ސަރުކާރާއެކު ރައްޔިތުންގެ ކަންބޮޑުވުމާއި މާޔޫސްކަން ގޮސް ގުޅޭ ހިސާބަކީ އެއީ އެވެ. ބަލި ކޮންޓްރޯލަށް ގެނެވި، އިގުތިސޯދުގެ އިންޖީނު އަލުން ހިންގޭ ހިސާބަށް ދާއިރު، ރައްޔިތުންނަށް ކޮޅަށް ތެދުވެ، އިގުތިސޯދާ އެއްވަރަށް ހިނގައި ގަނެވޭނެ ފަދަ ހާލަތެއްގައި ތިބެވޭނެތީ އޮތް ސުވާލެވެ.

7 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

އުދަމުދިމ

މިއީ އިސްލާމްދީނާ ސުންނަތާ ހަދީސް ތަކައް ގޮންޖަހާފަ ދޭތެރެ ދުރުކޮއް އައްޑަނަބެހީމަ އައްޑަނަ ހޯދުމުގެ ހިތިނަތީޖާ އެއޮތީދޯ އަންގަވާފައި ކަލޭމެން ފަގީރުވެދާނެތީ ކުދިން ނުމަރާށޭ އެކުދިންނައްވެސް ކަލޭމެންނައްވެސް ރިޒިގް ދެއްވަނީ ތިމަންސުވާމީންގެޔޭ މިކަމައް ގޮންޖަހާފަ ދަރިފަސްކޮޅުނައްތާލީ މިއަދުނެއް މަހައްފަރައްދޭނޭ މީހަކު މުސްކުޅިންބުނޭނު އެމީހަކު ފޭހުނު އިލޮށިގަޑެއް ވަންނާނީ އެމީހެއްގެ ލޮލަށޭ މިއޮތީ މިއަދު އެތަން ދިމާވެފައި އެހެންނޫންނަމަ މިއަދު މިގައުމުގައި މިލިޔަނެއްހާ މީހުން އުޅޭނެ

ރިޝް

ތި ލިޔުން ބިނާ ކޮށްފަ އިން ސިންގަޕޫރު ގެ އާބަދީ އަކީ 5 މިލިއަން 850000 އެކަމަކު ސިންގަޕޫރުގަ ތިބީ 220000 ބިދޭސީ ލޭބަރުން! މިއާ ޚިލާފަށް ރާއްޖޭގެ އާބާދީ އަކީ 350000 ކަމަށް ވާއިރު 285000 ބިދޭސީން އުޅޭ އިރު 150000 މީހުން ގަވާއިދާ ހިލާފަށް އުޅޭ އިރު ކޮބާ ދިވެހި ސަރުކާރު ތަކުގެ ބޭނުމަކީ! ހުސް ކަރަޕްޝަން މިތާ އޮތީ! އުފަން ދިވެހި ފަރުދުން ތިބީ ބިކަ ކޮށް ނިކަމެތި ކުރެވިފަ! ވަޒީފާ ތަކަށް ނުކިޔާތިބި ބަންގާޅިން އޯ ލެވެލް ފެންވަރު ގެ ވަޒީފާ ތަކުގަ ވެސް! ދެން މިގައުމާ ކިހިނެތް ސިންގަޕޫރާ އަޅާ ކިޔޭނީ! ހަގީގަތތާ އެއްގޮތަށް ލިޔާ ނަމަ ވ އުފާވާނެ އަސްލު

ހިޔާލު

އަހަރެންގެ ވެސް ވަޒީފާ ގެއްލިއްޖެ... މާލޭގައި ތާށިވެފައި މިހުންނަނީ، ބޭނުންވަނީ ފިރިމީހާ ކައިރިއަށް ރަށަށްދާން... ގޭގައި ހުންނަތާ 14 ދުވަހަށްވުރެ ގިނަ ދުވަސް ވެއްޖެ.. އަދިވެސް ސަރުކާރުގެ ފަރާތުން އެއްވެސް ހަބަރެއްނުވެ... ރައްޔިތުން ހޯދަން އަންނަންޖެހެނީ ހަމަ އެކަނި ވޯޓްލާންވީމަތަ؟ ރައްޔިތުންނާއި ދޭތެރޭގައި ވިސްނައިލައިގެން ފަސޭހަވާނެ ގޮތަކަށް ކަންތައް ރާވައިގެން ހިންގާނަމަ ރައްޔިތުން ގަނަތެޅޭކަށް ނުޖެހޭނެ...

ނެތީމޭ

ތަމެންގެ ސަރުކާރަކީ މުޝްރިކްހޮލިކް ސަރުކާރެއް ކަމުން ތަމެން ކަން ކުރާނީ މުޝްރިކުން ބުނާ ގޮތަށޭ ތަމެން މަމެން ބުނާގޮތަށް ހެދިނަމަ ތިޔާ ހެން ނުވީސްއޭ ތަމެން މިހާރުން މިހާރަށް މަމެންގެ ޓައިޓޭނިއަމް ޕްލޭޓެޑް ރައީސް ދޫކޮށްލާ ތަމެން މަމެންނާއި ގޮނޑި ހަވާލުކޮށްފައި ތަމެން ރަށުތެޜޭ އޮށްވަޅުގޮނޑި ކުޅެން ތަމެން އިހު އުޅުނު ގޮތަށް ކަޅުކަނޑިކި އަނދެގެން ބޮލުގެ އިސްތަށިގަނޑު ހުޅި ޖަހައިގެން ތިބުން ރަނގަޅުވާހުށި ކަމޭ ބުނަން މަމެން ބޭނުންވެއޭ ތަމެން ގާތު ބުނަން މަމެން ނެތީމޭ...

ހަގީގޭ

މިދުނިޔޭގައި ގިނައީ މުޝްރިކުންނެވެ. ނަރަކާގައިވެހެވެ. މިއީ ކަމުގެޙަޤީޤަތެވެ. އިސްލާމުންގެ ހެއްލުންތެރިކަމާއި، ފިތުނަފަސާދައާއި، ފަރުވާކުޑަކަމުން، ދުނިޔޭގައި އިސްލާމުންގެއަޑާއި ބާރުވަނީ ކުޑަވެ، މުޝްރިކުން ހަމަޖައްސާފައިވާ ގޮތްގޮތަށް ތަބަޢަވާން މަޖުބޫރުވެފައެވެ. އަދި ގިނަކަންކަން ކުރަންޖެހިފައިވަނީވެސް އެމީހުން ނިންމާގޮތްގޮތަށެވެ. އެހެނޭކިޔާފއި މުޝްރިކުންވިޔެ، ފަހައި، ވިއްކާތަކެތި، ނުގަނެ، ނުލައި، އޮރިޔާމުން އުޅެވޭކަށްނެތެވެ. އެމީހުން އުފައްދާތަކެތި ނުކަައި، ނުބޮއި ތިބެވޭކަށެއްވެސްނެތެވެ. މިވަގުތަކީ މިޒާތުގެވާހަކަ ދައްކަންވީވަގުތުކަމުގައި ބެލެވޭކަށްނެތެވެ. ހަމައެހެންމެ، ތަމެންގެވެރިކަމުގައޭ، މަމެންގެވެރިކަމުގައޭ ކިޔައި އަނެކާގެބޮލަށް ކަނޑާލަންއުޅެވޭކަށްވެސްނެތެވެ. މިވަބާމިއޮތީ ލައްވާލާފައެވެ. ބަލަންވީ މިވަބާގައިނުޖެހި ސަލާމަތްވެވޭތޯއެވެ. ސަލާމަތްވާން ބޭނުންނަމަ، ވެވެންއޮތް ގޮތަކަށް ސަލާމަތްވެވޭތޯ ބެލުމެވެ. އިނގިލިދިއްކޮށް ފާޑުކިޔާނެކަމެއްނެތެވެ. ވިސްނާ! ފިތުނަނުއުފައްދަންނޫޅޭ!

ނަތޯ

ކަންކަންވީ ސިންގަޕޫރުގައި ވީ ގޮތަކަށް ނޫން. ބިދޭސީމްގެ ކަންކަން ހަމައަކަށް އަޅުވަން ގަސްތުގަައި މަސައްކަތް ނުކުރީ. ކެވޭ ލާރި މަދުވީމާ ސަރުކާރުގެ މަތިފަޑި މިކަމަށް ޝަައުގުވެރިކަން ނެތީ. ދެވަނަ ކަމަކަށް ޑިފެންސް މިނިސްޓަރާއި ޗީފް އޮފް ސްޓާފްއާއި ހޯމް މިނިސްޓަރާއި ކަމިޝަނަރ އޮފްް ޕޮލިސް އާއި ފައިނޭންސް މިނިސްޓަރާއި ހައުސިންގ މިނިސްޓަރާއި ސިޓީގެ މޭޔަރުގެ ސިކުޑީގައި މިކަމަށް ހައްލެއް ގެނެވޭނެ އޮއްޓަރެއްގެ މިންވަރު ވެސް ނެތީ . ދެން ހުރީ ކަރާފަޅާ މިނިސްޓަރަކާއި އާޓިސްޓް މިނިސްޓަރެއް / އެކްޓްރެސްޓެއް ޒުވާނުންނާ ހަވާލުވެގެން. މިމީހުން އުޅެނީ ހަމައެކަނި ޗާލީ ޗޮޕްލިންގ ހެދެވޭތޯ

ލލ

ސިންގަޕޫރަކީ މީހުން އޮބިއަޅައިގެން ރައްޔިތުން އަޅުންނަށް ހަދައިގެން ބުރެއިންވޮޝް ކޮށްގެން އުޅޭ ޑިކްޓޭޓަރު ޤައުމެއް ޔަހޫދީ ވިުަފާރިވެރިން ހިންގާ ކޮރަޕްޓު ޤައުމެއް !

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345