ހަބަރު

މޫދަށް ވެއްޓި މީހަކު މަރުވެއްޖެ

ސޮނޭވާ ޖާނީ ރިސޯޓްގައި މަސައްކަތް ކުރާ މީހަކު މޫދަށް ވެއްޓި މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

ފުލުހުން ބުނި ގޮތުގައު މިރޭ ހިނގި އެ ހާދިސާގައި މަރުވެފައި ވަނީ ބަންގްލަދޭޝްގެ ފިރިހެނެކެވެ. އެ މީހާ މަރުވީ އެ ރިސޯޓްގެ ވިލާއެއްގައި މަސައްކަތް ކުރަނިކޮށް މޫދަށް ވެއްޓިގެނެވެ.

ސޮނޭވާ ޖާނީ ރިސޯޓްގައި މަސައްކަތް ކުރާ މީހަކު މޫދަށް ވެއްޓި މަރުވެފައިވާއިރު ޖޭޑަބްލިއު ރިސޯޓުން މޫދަށް ފުއްމާލި ބިދޭސީއެއް މިދިޔަ މަހުގެ ހަ ވަނަ ދުވަހު ވަނީ ގެއްލިފައެވެ. އޭނާ ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނު ނަމަވެސް އޭނާ ފެނިފައެއް ނުވެއެވެ. އެއީ އިންޑިއާއަށް ނިސްބަތްވާ މީހެކެވެ.