އައްޑޫ ސިޓީގެ ހެރެތެރެ ރިިސޯޓުގެ ކަރަންޓީނު ކޮށްފައި ތިއްބާ ފިލައިގެން ދިޔަ ފަސް މީހުން ހޯދައި ހައްޔަ ރުކޮށްފި އެވެ.
ކަރަންޓީނު ކޮށްފައި ތިއްބާ އެ ފަސް މީހުން ފިލާފައިވަނީ އިއްޔެ އެވެ. އެ މީހުންގެ ތެރެއިން ތިން މީހަކު ރޭގެ ހައްޔަރު ކޮށްފައިވާއިރު ބާކީ ތިބި ދެ މީހުން ހައްޔަރު ކުރީ ރޭ ފަތިހު އެވެ.
މިއީ މިފަދަ ގޮތަކަށް ކަރަންޓީނު ފެސިލީޓީއަކުން ބަޔަކު ފިލި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ބައެއް ރިސޯޓްތައް ބަންދު ކޮށްފައި ވަނިކޮށް ރިސޯޓްތަކުން މީހުން ވަގަށް ފޭބުމުގެ ސަބަބުން ހައްޔަރު ކޮށްފައި އެބަ ހުއްޓެވެ. އަދި ވަގަށް ރަށްރަށަށް އަރަނިކޮށް ވެސް މީހުން ހައްޔަރު ކޮށްފައިވެ އެވެ