ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ވިލިމާލެ ފެރީ ޑިސްއިންފެކްޓްކޮށް ދަތުރުތައް ފަަށަނީ

ވިލިމާލެ ފެރީ ޓާމިނަލުގައި މަސައްކަތް ކުރަމުން އައި މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން، އެ ޓާމިނަލާއި ފެރީތައް ޑިސްއިންފެކްޓު ކުރުމަށްފަހު އަލުން ދަތުރުތައް ފަށަން މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްޓީސީސީން ބުނެފި އެވެ.

އިއްޔެ ޕޮސިޓިވްވި މީހާގެ މައްސަލައާ ގުޅިގެން ވިލިމާލެއަށް ކުރަމުން އައި ފެރީ ދަތުރުތައް ވަނީ މެދުކަނޑާލާފަ އެވެ.

އެއަަށްފަހު، ދެ ޓާމިނަލާއި ދުއްވާ ފެރީތައް ވެސް ޑިސްއިންފެކްޓުކޮށް އެޗްޕީއޭގެ ހުއްދައާއެކު އަލުން ދަތުރުތައް ފެށޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްޓީސީސީން ބުންޏެވެ. މެދުކަނޑާލުމަށްފަހު އެ ވަގުތު ވަކިން ހާއްސަ ފެރީއެއް ބޭނުން ކޮށްގެން ދަތުރުތައް ކުރި އެވެ. އެ ފެރީ ކައިރި ކުރީ ވިލިމާލެ ޓާމިނަލާ ދުރަށް ބަނދަރުގެ އެހެން ދިމާލަކަށެވެ.

އެމްޓީސީން ބުނީ ޕޮޒިޓިވްވި މީހާއާއެކު އެ ޓާމިނަލުގައި މަސައްކަތް ކުރި ހަތް މުވައްޒަފަކު ކަރަންޓީނަށް ގެންގޮސްފައި ކަމަށެވެ. މާލެ އަދި އެޗްޕީއޭގެ ހުއްދައާއެކު ފެރީ އޮޕަރޭޝަންތައް ފަށަން މަސައްކަތްކުރާ ކަމަށެވެ. އަދި، ކަރަންޓީނަށް ގެންދިޔަ މުވައްޒަފުންގެ ބަދަލުގައި ފްރަންޓްލައިންގައި މަސައްކަތް ކުރަން އިތުރު ބަޔަކު ހަމަޖައްސާފައިވާ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

އެމްޓީސީސީން ފޯރުކޮށްދޭ އާންމު ހިދުމަތުގެ ފްރަންޓްލައިންގައި މަސައްކަތްކުރާ މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރުކުރުމައްޓަކައި ހާއްސަ އުސޫލުތަކެއް ތަކެއް އެކުލަވާލާފައިވާ ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވަނީ އިއްޔެ ވިދާޅުވެފަ އެވެ.

މާލެ ސަރަހައްދު ލޮކްޑައުންކޮށްފައިވާއިރު މާލެ އާއި ވިލިމާލެއާ ދެމެދު ކޮންމެ ދުވަހަކު ހަ ފެރީ ބާއްވަ އެވެ.