ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ލޯނު ފަސްކޮށްދޭ ޕްރޮގްރާމުގައި އިތުރު ސްކީމްތައް

May 7, 2020
1

ކޮވިޑް-19 އާ ގުޅިގެން އާއްމުންނާއި ވިޔަފާރިތަކަށް ކުރިމަތިވަމުންދާ މާލީ ދަތިތަކުން އަރައިގަތުމަށް ގައުމީ ބޭންކު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ނަގާފައިވާ ގިނަ ލޫނުތައް ފަސްކޮށްދިނުމުގެ ޕްރޮގްރާމުގައި އިތުރު ސްކީމުތައް ހިމަނާފައިވާކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.

މިއަދު އެންއީއޯސީގައި ފިނޭންސް މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ސަރުކާރުން އިއުލާނުކޮށްފައިވާ ޑެޓް މޮރަޓޯރިއަމްގެ ތެރެއަށް އިތުރު 15 ސްކީމެއް ހިމަނާފައިވާ ކަމަށެވެ.

އެގޮތުން، ބީއެމްއެލް މެދުވެރިކޮށް ސަރުކާރުން ދަނޑުވެރިކަމާއި، މަސްވެރިކަމުގެ އިތުރުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދޫކޮށްފައިވާ ލޯނުތައް ދެއްކުންވެސް ފަސްކޮށްދެވޭނެކަމަށް އަމީރު ވިދާޅުވި އެވެ. އޭގެ ތެރޭގައި ކުރީގެ ސަރުކާރުގެ ގެޓްސެޓް ޕްރޮގްރާމާއި، ތަފާތު ތިން ކެޓަގަރީއަކުން ދަނޑުވެރިކަމާއި މަސްވެރިކަން ތަރައްގީ ކުރަން ބީއެމްއެލް މެދުވެރިކޮށް ދޫކޮށްފައިވާ ލޯނުތައް ހިމެނޭކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

"މީގެ ތެރެއިން، އޭޕްރީލް މަހުގެ ކުރިން ފައިސާ ދައްކާފައިވާ ފަރާތްތަކަށް އެ ފައިސާ ރީއިމްބާސްވެސް ކުރެވޭނެ،" އަމީރު ވިދާޅުވި އެވެ.

ބީއެމްއެލް އިން ދަނީ ލޯން އަނބުރާ ދެއްކުން ފަސް ކޮށްދިނުމުގެ އިތުރުން ރާއްޖޭގެ އިގްތިސޯދު ދެމެހެއްޓުމަށްޓަކައި މަސައްކަތް ކުރަމުންނެވެ.

އެގޮތުން ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން އުފައްދާފައިވާ ރިލީފް ފަންޑުން ރިޒޯޓު ތަކަށާ ޓާން އޯވާގެ ގޮތުގައި 10 މިލިއަން ހޯދައިފައިވާ ވިޔަފާރި ތަކަށް ލޯނު ދޫކުރަން ވަނީ ނިންމާފަ އެވެ. މީގެ އިތުރުން ބޭންކުން އަމިއްލައަށް ރިސޯޓް އަދި ގެސްޓްހައުސް ތަކަށް ދެ މިލިއަން ޑޮލަރާ ހަމަޔަށް ދޫކުރެވޭ ފައިނޭންސިން ފެސިލިޓީއެއް ވެސް ތައާރަފުކޮށްފައިވާއިރު ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ ހިންގުމުގެ ހަރަދު ހަމަޖެއްސުމަށް ވަނީ ވާކިން ކެޕަޓަލް ފައިނޭންސިން ވެސް ތައާރަފްކޮށްފައި ވެއެވެ.