ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ޣައްސާން މައުމޫން

"މިއީ ވިޔަފާރިވެރިންނާ މަޝްވަރާ ކުރަންވީ ވަގުތު"

May 7, 2020
8

މި ވަގުތަކީ ގައުމަށްޓަކައި ގޮތް ދޫކުރަންވީ ވަގުތު ކަމަށާއި ކޮންމެ ކަމެއް ސިޔާސީ ކޮށް ބިރު ދެއްކުން ދޫކޮށްލަން ޖެހޭ ކަމަށް ވިދާޅުވީ ޕީޕީއެމްގެ ނައިބު ރައީސް އަދި ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާން މައުމޫން ގޮވާލައްވައިފި އެވެ.

ޣައްސާނު މިމޭރުމުން ވާހަކަފުޅު ދެއްކެވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިކޮނޮމިކް ރިލީފް ޕެކެޖާ ބެހޭ ގޮތުން މަޓީއާއެކު ހަފުތާއެކު ދެ ފަހަރު މަޝްވަރާ ކުރަމުން ދިޔަ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވުމުގ އިތުރުން ރިލީފް ޕެކޭޖަށް މި ވަގުތު މަޓީން ފާޑު ކިޔުމަކީ "ސަރުކާރުގައި ކޮޅުފަ އިން ޖެހުން" ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ސިފަ ކުރައްވާފައި ވަނިކޮށެވެ.

"މަޓީން ނެރުނު އެ ބަޔާނަކީ، މިވަގުތު މި ހާލަތުގައި ސަރުކާރުގެ ގައިގައި ކޮޅުފައިން ޖެހުމޭ އަޅުގަނޑު ދަންނަވާނީ،" ފައްޔާޒު ވިދާޅުވި އެވެ.

ފައްޔާޒުގެ އެ ވާހަކަތަކަށް ދެއްވި ރައްދެއްގެ ގޮތުގައި ޣައްސާން ވިދާޅުވީ މި ވަގުތަކީ މަޝްވަރާކޮށް، އިގުތިސޯދީ މާހިރުންނާއި މަޓީގައި ތިއްބެވި ތަޖުރިބާކާރު ބޭފުޅުންގެ ލަފަޔަށް ބަރޯސާ ވާންވީ ވަގުތެއް ކަމަށެވެ.

"ކޮންމެ ކަމެއް ސިޔާސީ ކުރުމާއި ބިރު ދެއްކުން ދޫކޮށްލަމާތޯ؟" ޣައއްސާން ވިދާޅުވެފައި ވެއެވެ.

ރާއްޖޭގެ ޓޫރިޒަމްގެ ބާނިންގެ ގޮތުގައި ތިއްބަވާ ޗަމްޕާ ހުސެއިން އަފީފާއި މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކް) ފަދަ ބޭފުޅުން ހިމެނިވަޑައިގަންނަވާ، ޓޫރިޒަމް ޖަމިއްޔާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިއްޔެ ވަނީ ސަރުކާރުން ނެރެފައިވާ އިގްތިސޯދީ ރިލީފް ޕެކޭޖާމެދު ހިތްހަމަ ނުޖެހިގެން ފާޑު ކިޔައިފަ އެވެ.

އެ ޖަމިއްޔާއިން އިއްޔެ ނެރުނު ބަޔާނުގައި ބުނެފައިވަނީ ސަރުކާރުން ނެރެފައިވާ 2.5 ބިލިއަން ރުފިޔާގެ އިގްތިސޯދީ އެހީގެ ޕެކޭޖް ހަދާފައި ވަނީ، އެ ޖަމިއްޔާގެ ހިޔާލު ހޯދުމެއް ނެތި ކަމަށެވެ. އެ ޕެކޭޖްގެ ފައިދާ ޓޫރިޒަމް ސިނާއަތުގެ ގިނަ ފަރާތް ތަކަށް ނުލިބޭ ކަމަށެވެ.

އަދި ރާއްޖޭގެ އިކޮނޮމީގެ 70 ޕަސެންޓް ހިއްސާކުރާ ޓޫރިޒަމްގެ އެންމެ ގިނަ މަހުޖަނުން ހިމެނޭ ޖަމިއްޔާ ކަމަށްވާ މަޓީގެ ބަޔާނުގައި ބުނެފައިވާ ގޮތުން، މިހާރުގެ ހާލަތުގެ ސަބަބުން ވިޔަފާރިތަކަށް ގެއްލުންވެ، ބަނގުރޫޓު ވަމުން ދާއިރު، ވަޒީފާތައް ސަލާމަތް ކުރަން ފިޔަވަޅު އަޅަން ޖެހުނު ނަމަވެސް އެ ފިޔަވަޅު ނޭޅޭ ކަމަށެވެ. އަދި މި ކަމަށް އެދި އެކި ފަހަރު މަތިން ސަރުކާރުގައި އެދިފައިވާނެ ކަމަށެވެ.