އަރިންދާ ސްޓޯމް ވީވާ އަކީ އެމެރިކާގެ ސްޓޭޓެއް ކަމަށްވާ އޮހިއޯގެ މީހެކެވެ. އެކައުންޓް ސްޕެޝަލިސްޓެއްގެ ގޮތުގައި ކުންފުންޏެއްގައި މަސައްކަތް ކުރަނިކޮށް 2006 ގައި އޭނާއަށް އުރަމަތީ ކެންސަރު ޖެހުނެވެ.
އޭނާ ކެންސަރާ ހަނގުރާމަ ކުރުމުގައި ކުރި ދަތުރު ސޯޝަލް މީޑިއާގައި މީހުންނާ ހިއްސާ ކުރަން ފެށި ހިސާބުން ގިނަ ބަޔެއްގެ ސަމާލުކަން އޭނާގެ އަތުގެ އިނގިލީގެ ނިޔަފަތިތަކަށް ހުއްޓުނެވެ. އޭނާގެ އިނގިލީގެ ނިޔަފަތިތައް ހުރިލެއް ދިގު ކަމުންނެވެ.
އަރިންދާ އަބަދުވެސް ނިޔަފަތި ދިގު ކުރަން ލޯބިކުރާ މީހެކެވެ. ނިޔަފަތި ދިގު ކުރާ ގިނަ މީހުން އާއްމު ގޮތެއްގައި ދިގު ކުރަނީ އަތުގެ އިނގިލިތަކުގެ ނިޔަފަތި ކަމަށް ވިޔަސް އަރިންދާ ބޮޑަށް ދިގު ކުރަން ބޭނުން ވަނީ ފައިގެ އިނގިލިތަކުގެ ނިޔަފަތި ތަކެވެ.
ނިޔަފަތި ދިގު ކުރުމަކީ ވެސް ދެވި ހިފާ ކަމެއް ކަމާއި މިއީ ވެސް ގިނަ ބައެއްގެ ސަމާލުކަން ލިބޭ ކަމެއްކަން އެނގިގެން ނިޔަފަތިތަކުގެ ފޮޓޯތައް އޮންލައިންކޮށް އޭނާ ވިއްކަން ފެށި އެވެ. މިހާރު މިކަން ވެފައި ވަނީ އަރިންދާ އާމްދަނީ ހޯދަން ކުރާ ކަމަކަށެވެ.
އޭނާ ބުނީ އަތުގެ އިނގިލިތަކަށް ވުރެ ފައިގެ އިނގިލިތަކަށް މީހުންގެ ސަމާލުކަން ލިބޭ ލެއް ބޮޑެވެ.
ފައިގެ ނިޔަފަތިތަކުން ބަބްލް ރެޕްގެ ބޮކިތައް ފަޅާ މަންޒަރާއި ބިންމަތީގައި އިނގިލިތައް ޖައްސާ މަންޒަރު ވީޑިއޯ ކޮށްގެން 10 މިނިޓްގެ ވީޑިއޯ ކްލިޕަކަށް 15 ވަރަކަށް ޑޮލަރު އެޑްރިއާނާ ނަގަ އެވެ. ނިޔަފަތި ދިގު ކުރަން ލޯބިކުރާ މީހުންނާއި މި މަންޒަރު ބަލަންވާ ގިނަ ބަޔަކު ދުނިޔޭގެ އެކި ކަންކޮޅުތަކުން މި ވީޑިއޯތައް ފައިސާ ދީގެން ބަލަ އެވެ.
އެދްރިއާނާގެ ފައިގެ އިނގިލިތަކުގެ ނިޔަފަތިތައް ދިގު ވިޔަސް ހުންނަނީ އެނބުރިފައި ކަމުން ބޫޓަށް އަރައި ހިނގާ ބިނގާވާން އޭނާއަށް ދައްޗެވެ. ނަމަވެސް މިއީ ކުރާ ހިތްވާ ކަމަކަށް ވެފައި ފައިސާ ލިބޭތީ އޭނާއަށް މިގޮތަށް އުޅުން ވެސް މާ ބޮޑު ކަމަކަށް ނުވެ އެވެ.