މިސުރުގެ ވެރިރަށް ގާހިރާގެ މިސްކިތެއްގައި ހުކުރު ނަމާދު ކުރަން ހަމަޖެހިފައިވާ އިމާމަކު ހުތުބާ ވިދާޅުވުމަށްޓަކައި މިމްބަރަށް އަރައި ވަޑައިގަންނަވަން ވަޑައިގަންނަވަނިކޮށް އަވަހާރަވެއްޖެ އެވެ.
ނީލް ޑޭލްޓާ ޕްރޮވިންސްގެ ޝާގިއާގައި ހިނގި މި ހާދިސާގައި އިމާމު އަވަހާރަ ވެގެން ވެއްޓުނީ މިސްކިތަށް އެ ވަގުތު ނަމާދަށް ގޮސް ތިބި ވަރަށް ގިނަ ބައެއްގެ ތެރެއަށެވެ. އެ މަންޒަރު ފެނުނު އެތައް ބަޔަކަށް ވެސް ވަނީ ޝޮކް ލިބިފަ އެވެ.
އިމާމު ވެއްޓުނީ ހާޓް އެޓޭކެއް ޖެހިގެނެވެ. ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ އަވަހާރަވެފައި ކަމަށް ހޮސްޕިޓަލާ ހަވާލާ ދީ މިސުރުގެ ނޫސްތަކުން ބުނެފައި ވެއެވެ.
އަވަހާރަވީ އިމާމަކީ ވަރަށް ގިނަ އަހަރު ތަކެއް ވަންދެން އެ މިސްކިތުގެ އިމާމުގެ ގޮތުގައި ހުންނެވި ބޭފުޅެކެވެ. އެ އިމާމުގެ ކަށު ނަމާދު ހަމަ އެ މިސްކިތުގައި ބޭއްވުމަކީ މިސްކިތަށް އާއްމުކޮށް ނަމާދަށް ދާ ގިނަ ބަޔެއްގެ ހިތަށް ވަރަށް ފުން އަސަރުތަކެއް ކުރުވި ކަމަކަށް ވި އެވެ.