ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

އައްޑޫން މާލެ ގެނައި ބަލި މީހަކު ކޮވިޑްއަށް ޕޮޒިޓިވްވެއްޖެ

May 9, 2020
3

އައްޑޫ އަތޮޅުން މާލެ ގެނައި ބަލި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ. މިއީ ބޮޑު އާބާދީއެއް އޮތް އައްޑު އަތޮޅުން ކޮވިޑަށް ޕޮޒިޓިވްވި ފުރަތަމަ މީހާ އެެވެ.

އެ މީހާއަކީ އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދިއުމަށް ފަހު މާލެ ގެނައި މީހެކެވެ. އެ މީހާ ޕޮޒިޓިވް ވުމާ ގުޅާ އައްޑޫ ސިޓީ މޮނީޓަރިންގެ ހާލަތަށް ގެންގޮސްފައި ވެއެވެ. އަދި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ވެސް ވަނީ ފަށާފަ އެވެ.

ކޮވިޑަށް ޕޮޒިޓްވްވި މީހާއަކީ ސ. މަރަދޫ ފޭދުއަށް ނިސްބަތްވާ މީހެކެވެ. އަނަންތާރާގެ ރިސޯޓެއްގައި ވަޒީފާ އަދާކޮށްފައި އައްޑޫއަށް ދިޔަ އެމީހާ ބަލިވެގެން އިތުރު ފަރުވާއަށް އޭނާ މާލެ ގެނައީ ރޭގެ ވަގުތެއްގަ އެވެ. އޭނާއަށް ފުރަތަމަ ފަރުވާން ދޭން ފެށީ ހާޓް އޭޓޭކެއް ޖެހިގެން ކަމަށއ ވެއެވެ.