ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެކޮންމިކް ރިލީފް ޕެކެޖް

ކޮވިޑާ ގުޅިގެން އެލަވަންސް ދޭނެ ގޮތުގެ އުސޫލުތައް ނެރެފި

May 13, 2020
1

ކޮވިޑް-19 އާ ގުޅިގެން، ވަޒީފާ ގެއްލޭ މީހުންނާއި އާމްދަނީ އަށް އަސަރު ކޮށްފައިވާ، އަމިއްލަ މަސައްކަތްތެރިންނަށް އެލަަވަންސް ދޭނެ އުސޫލު އިކޮނޮމިކް މިނިސްޓްރީން އާއްމުކޮށްފި އެވެ.

އިކޮނޮމިކް މިނިސްޓްރީން ގެޒެޓްކޮށްފައިވާ "ކޮވިޑް -19 އާ ގުޅިގެން އާމްދަނީ އަށް ނުރަނގަޅު އަސަރު ކޮށްފައިވާ ފަރާތްތަކަށް އިންކަމް ސަޕޯޓް އެލަވަންސް ދިނުމާ ގުޅޭ އުސޫލު" ގައިވާ ގޮތުން، އަމިއްލަ މަސައްކަތް ކުރާ މީހުންނާއި ވަޒީފާ ގެއްލި ނުވަތަ ވަޒީފާގެ ހާލަތަށް އަސަރު ކުރާ މީހުންނަށް ވެސް ލިބޭނީ 5،000ރ. އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ އުސޫލު އެކުލަވާލާފައިވަނީ، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 23.6 ވަނަ މާއްދާގެ ދަށުން ކަމަށެވެ. އެލަވަންސް ލިބޭނީ ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ދިވެހި ރައްޔިތުންގެ ތެރެއިން، ކޮވިޑް-19 އާ ގުޅިގެން އެ ބައެއްގެ ވަޒީފާއަށް ނުރަނގަޅު އަސަރެއް ކޮށްފައިވާ ފަރާތްތަކާއި އަމިއްލަ މަސައްކަތް ކުރާ ދިވެހި ރައްޔިތުންގެ ތެރެއިން، ކޮވިޑް-19 އާ ގުޅިގެން އެ ބައެއްގެ އާމްދަނީއަށް ނުރަނގަޅު އަސަރު ކޮށްފައިވާ ފަރާތްތައް ކަމަށެވެ.

ވަޒީފާއަށް އަސަރު ކޮށްފައިވާ ފަރާތްތަކަށް ދެވޭ އެލަވަންސް

  • ވަޒީފާ އިން ވަކިކުރުން ނުވަތަ މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑް ކޮށްފައިވުން
  • މުސާރަ ނުލިބޭ ގޮތަށް ޗުއްޓީ (ނޯޕޭ ލީވް) އަށް ފޮނުވައިފައިވުން
  • މުސާރައިގެ ގޮތުގައި ލިބޭ އަދަދުން ބައެއް އުނިކޮށްފައިވުން.

މި އެލަވަންސް ލިބޭނީ 1 މާޗު 2020 ގައި، އެއްވެސް ފަރާތެއްގެ ދާއިމީ ނުވަތަ ވަގުތީ ވަޒީފާގައި
ހުރި ކޮންމެ ފަރާތަކަށެވެ. މީގެ ތެރޭގައި ޕްރޮބޭޝަނުގައި ތިބޭ ފަރާތްތައް ހިމެނޭނެއެވެ. އަދި ވަގުތީ ވަޒީފާ ވާންވާނީ އެ ފަރާތަކަށް މުސާރަ ލިބޭ ހަމައެކަނި ވަޒީފާއަށެވެ.

މި އުސޫލުގައި ބުނެފައިވާ ގޮތުން އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކުގެ ތެރެއިން އެލަވަންސް ލިބޭނީ، އެލަވަންސް ދިނުމުގައި، ހުށަހަޅައިފައިވާ ފަރާތަކީ އެހެން އާމްދަނީއެއް ލިބޭ ފަރާތެއް ނަމަ، އެފަދައިން ލިބޭ އިތުރު އާމްދަނީން މަހެއްގެ މައްޗަށް ލިބޭ އަދަދަކީ 5،000ރ. ރުފިޔާ އަށް ވުރެ ދަށް އަދަދެއް ނަމަ 5،000ރ. އިން އެ އަދަދު އުނިކުރުމުން ބާކީ އޮންނަ އަދަދާ އެއްވަރުގެ އަދަދެއް، އެ ފަރާތަކަށް ފޯރުކޮށްދެވޭނެ އެވެ. އަދި އެލަވަންސް ދިނުމުގައި ހުށަހަޅައިފައިވާ ފަރާތަކީ އެހެން އާމްދަނީއެއް ލިބޭ ފަރާތެއް ނަމަ، އެ ފަދައިން ލިބޭ އިތުރު އާމްދަނީން މަހެއްގެ މައްޗަށް ލިބޭ އަދަދަކީ 5،000ރ. ނުވަތަ އެއަށްވުރެ މަތީ އަދަދެއް ނަމަ، އެ ފަރާތަކީ، މި އުސޫލުގެ ދަށުން ދެވޭ އެލަވަންސަށް ޝަރުތު ފުރިހަމަވާ ފަރާތެއް ކަމުގަ އެއް ނުބެލެވޭނެ އެވެ.

ކޮވިޑް-19 އާ ގުޅިގެން ވަޒީފާއަށް އަސަރުކޮށް، ނުވަތަ އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް އެލަވަންސް ދެނީ ޖޮބްސެންޓަރުގައި ރަޖިސްޓްރީ ކުރުމުންނެވެ.