ހަބަރު

ނައްތާލަން ނެރުނު މުދާތަކެއްގެ ތެރެއިން ޑްރަގު ފެނިއްޖެ

ހަވާލު ނުވެ ކަސްޓަމްސް ގުދަނެއްގައި ގިނަ ދުވަސް ވެފައި ހުރި މުދާތަކެއްގެ ތެރެއިން ހަތަރު ލައްކަ އަށްވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި ފެނިއްޖެ އެވެ.

ކަސްޓަމުން ބުނީ ވައިގެ މަގުން ރާއްޖެއަށް އެތެރެ ކޮށްފައިވާ މުދަލުގެ ތެރެއިން ވެރިފަރާތުން ހަވާލު ނުވެ ގިނަ ދުވަސްވުމުން ނައްތާލަން ނިންމި ޕެކޭޖަކުން މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ. އަދި އެތަކެތި ފެނިފައި ވަނީ ކާގޯ ގުދަނުން މުދާތައް މި މަހުގެ ތިން ވަނަ ދުވަހު ނެރުމުން ކަމަށެވެ.

ފެނުނު ތަކެތި ތަހުލީލު ކުރުމުން މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނެބިހަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި އެ ތަކެތީގެ ބަރުދަނުގައި ޕެކިން އާއެކު 542 ގްރާމް ހުރި ކަމަށެވެ. އަދި އެ ތަކެތީގެ މަގުމަތީ އަގު 433600 ރުފިޔާއަށް އަރާނެ ކަމަށާއި އެ މައްސަލައިގެ ތަހުގީގެއް ކުރަން މަސްތުވާތަކެތި ފުލުހުންނާއި ހަވާލު ކޮށްފައިވާ ކަމަށެވެ.