ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އަސާސީ ހިދުމަތަށް ދެ ދުވަހަށް ބޭންކް ހުޅުވަނީ

ބޭންކިންގެ އަސާސީ ހިދުމަތްތަކަށް މިމަހުގެ 11 ވަނަ ދުވަހާއި 13 ވަނަ ދުވަހު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހުޅުވަން ނިންމައިފި އެވެ.

ބީއެމްއެލް އިން ބުނީ އެ ބޭންކުން ފޯރުކޮށް ބައެއް އަސާސީ ހިދުމަތްތަކަށް އަންނަ ހޯމަ ދުވަހާއި ބުދަ ދުވަހު ބޭންކް ހުޅުވާފައި ހުންނާނީ އެ ދުވަސްތަކުގެ ހެނދުނު 9:30 އިން ފެށިގެން މެންދުރު 12:00 އަށް ކަމަށެވެ.

އެ ދެ ދުވަހު ރާއްޖޭން ބޭރަށް ފައިސާ ޓްރާންސްފާ ކުރުމުގެ ހިދުމަތް ދޭނެ އެވެ. އެ ހިދުމަތް ހޯދަން ފުރިހަމަ ކޮށްފައިވާ ޓީޓީ އެޕްލިކޭޝަނާއި އެހެން ލިޔުންތައް ފޮނުވަން ޖެހޭ އީމެއިލް މެދުވެރިކޮށް ފޮނުވޭނެ އެވެ. އިންޓަނެޓް ބޭންކިން މެދުވެރިކޮށް ވެސް ހުށަހެޅޭނެ އެވެ.

މުސާރަ ޖަމާކުރުމުގެ ހިދުމަތް ވެސް އެ ދެ ދުވަހު ބީއެމްއެލް އިން ދޭނެ އެވެ. އެ ހިދުމަތައް އެދި ހުށަހެޅުމަށް ބޭނުންވާ ލިޔުންތަކުގެ ތަފްސީލްތައް ބޭންކުގެ ވެބްސައިޓް ލިބޭނެ ގޮތް ހަދާފައިވާއިރު ބީއެމްއެލްގެ އެކައުންޓަކުން ޕޭރޯލް ހަމަޖައްސާނަމަ އެ ދެ ދުވަހުގެ 11:00 ޖެހުމުގެ ކުރިން ލިބޭ ހުށަހެޅުންތައް ޕްރޮސެސް ވާނެ އެެވެ.