ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑް ޖެހުނު ނުވަ މީހަކު ރަނގަޅުވެއްޖެ

ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން އިތުރު ދެ ނުވަ ރަނގަޅުވެއްޖެ އެވެ.

މިރޭ އެންއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އެ ސެންޓަރުގެ ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވީ ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ މީހުންގެ ތެރެއިން އިތުރު ނުވަ މީހަކު ރަނގަޅުވެފައިވާ ކަމަށެވެ. އެހެން ކަމުން ރާއްޖެއިން ރަނގަޅުވީ މީހުންގެ އަދަދު 29 އަށް އެރީއެވެ.

މަބުރޫކް ވިދާޅުވީ މި ވަގުތު ފަރުވާ ހޯދަމުންދަނީ 751 މީހުން ކަމަށެވެ. ބަލި ޖެހުނު މީހުންގެ ތެރެއިން ދެ މީހަކު ރާއްޖެއިން ފުރައިގެންގޮސްފައެވެ.

ބަލިން ރަނގަޅުވީ މީހުންގެ ތެރޭގައި ހިމެނެނީ 16 ދިވެހިންނާއި 13 ބިދޭސީންނެވެ.

ރާއްޖެއިން މިހާތަނަށް 785 މީހުންނަށް ބަލި ޖެހިފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ 256 ދިވެހިންނާއި 528 ބިދޭސީންނެވެ.

މަބުރޫކް ވިދާޅުވީ މިހާތަނަށް ޕޮޒިޓިވްވީ މީހުންގެ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން 5،180 މީހުން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި 291 ތަނެއް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށެވެ.

މިރޭގެ ނިޔަލަށް 719 މީހަކު އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބިއިރު 1،521 މީހުން ކަރަންޓީންގައި އެބަތިއްބެވެ.

ކޮވިޑް-19 ޖެހިގެން ރާއްޖޭގައި މިހާތަނަށް ތިން މީހަކު ވަނީ މަރުވެފަ އެވެ. އެއީ ދެ ދިވެހިންނާއި ބިދޭސީއެކެވެ. ރާއްޖެއިން ކޮވިޑް ޖެހިގެން ފުރަތަމަ މަރުވީ 83 އަހަރުގެ ދިވެހި އަންހެނެކެވެ. އޭގެ ފަހުން މަރުވެފަ ވަނީ ސިފައިންގޭގެ ގުދަނެއްގައި މަސައްކަތް ކުރަމުން ދިޔަ ބަންގްލަދޭޝް މީހެކެވެ. މަރުވި ތިން ވަނަ މީހާއަކީ ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާ ދެމުންދިޔަ 80 އަހަރުގެ ފިރިހެނެކެވެ. އޭނަ މަރުވީ ރޭގެ ވަގުތެއްގަ އެވެ.