ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

25 މީހުން ޕޮޒިޓިވްވެ އަދަދު 790 އަށް

މާލެއިން އިތުރު 25 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖަންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭއިން ދެންމެ ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ މިރޭ ޕޮޒިޓިވްވެފައިވަނީ 20 ބިދޭސީންނާއި ފަސް ދިވެހިން ކަމަށެވެ. 20 މީހުންވެސް ނިސްބަތްވަނީ ބަންގްލަދޭޝްއަށެވެ.

މިރޭ ޕޮޒިޓިވްވީ މީހުންނާއެކު ރާއްޖެއިން ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ 790 އަށް އަރާފައެވެ.

މި މީހުންގެ ތެރޭގައި ހިމެނެނީ 261 ދިވެހިންނާއި 548 ބިދޭސީންނެވެ. މީގެ ކުރިން މިއަދު 41 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

މިރޭގެ ނިޔަލަށް 719 މީހަކު އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބިއިރު 1،521 މީހުން ކަރަންޓީންގައި އެބަތިއްބެވެ.

ކޮވިޑް-19 ޖެހިގެން ރާއްޖޭގައި މިހާތަނަށް ތިން މީހަކު ވަނީ މަރުވެފަ އެވެ. އެއީ ދެ ދިވެހިންނާއި ބިދޭސީއެކެވެ. ރާއްޖެއިން ކޮވިޑް ޖެހިގެން ފުރަތަމަ މަރުވީ 83 އަހަރުގެ ދިވެހި އަންހެނެކެވެ. އޭގެ ފަހުން މަރުވެފަ ވަނީ ސިފައިންގޭގެ ގުދަނެއްގައި މަސައްކަތް ކުރަމުން ދިޔަ ބަންގްލަދޭޝް މީހެކެވެ. މަރުވި ތިން ވަނަ މީހާއަކީ ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާ ދެމުންދިޔަ 80 އަހަރުގެ ފިރިހެނެކެވެ. އޭނަ މަރުވީ ރޭގެ ވަގުތެއްގަ އެވެ.