ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އިންޑިއާއިން ރާއްޖެއަށް ކާބޯތަކެތި ހަދިޔާއެއް

May 10, 2020
3

އިންޑިއާއިން ރާއްޖެއަށް 580 ޓަނުގެ ކާބޯތަކެތި ހަދިޔާ ކުރަން ނިންމައިފި އެވެ.

އިންޑިއާ ހައިކޮމިޝަނުން ބުނި ގޮތުގައި ކާޑުގެ ޝިޕްމެންޓް ވަރަށް އަވަހަށް ރާއްޖެއަށް ފޯރުކޮށްދޭނެ އެވެ. މި ޝިޕްމެންޓްގައި ހިމެނެނީ 200 ޓަނުގެ ހަނޑުލާއި 140 ޓަނުގެ ގޮދަން ފުށާއި 90 ޓަނުގެ ހަކުރާއި 120 ޓަނުގެ ރީނދުލާއި މުގާއި 26 ޓަނުގެ ފިޔާ އާއި 14 ޓަނުގެ އަލުއްވެ އެވެ.

ކާބޯތަކެތީގެ މި އެހީ އަކީ އިންޑިއާގެ އެކިއުރިޓީ އެންޑް ގްރޯތު ފޯ އޯލް ޑޮކްޓްރިންގެ ދަށުން ސަރަހައްދީ ގައުމުތަކަށް އިންޑިއާއިން ފޯރުކޮށްދޭ އެހީ އެކެވެ.