ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ރަނގަޅުވީ މީހުންގެ އަދަދު 30 އަރައިފި

ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން އިތުރު މީހަކު ރަނގަޅުވެއްޖެ އެވެ.

މިރޭ އެންއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ މިއަދުވެސް އިތުރު މީހަކު ބަލިން ރަނގަޅުވެފައިވާ ކަމަށެވެ. ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ނުވަ މީހަކު ރަނގަޅުވެފައިވާ ކަމަށް އަފްޒަލް ވަނީ ވިދާޅުވެފައެވެ. އޭގެ ކުރިން 20 މީހަކު ވަނީ ރަނގަޅުވެފައެވެ.

އެހެން ކަމުން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 30 މީހަކު މިހާރު ވަނީ ރަނގަޅުވެފައެވެ. ރަނގަޅުވީ މީހުންގެ ތެރޭގައި މާލެއިން އެންމެ ފުރަތަމަ ކޮވިޑް ޖެހުނު އަންހެން މީހާއާއި އޭނާގެ ދަރިފުޅުވެސް ހިމެނެއެވެ.

މިއަދުވެސް ގިނަ ބަަޔަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އެ މީހުންނާއެކު ރާއްޖޭން ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ 835 އަށް އަރާފަ އެވެ.

ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް މީހުންގެ ޖުމްލަ އަދަދުގެ ތެރޭގައި ހިމެނެނީ 280 ދިވެހިންނާއި 573 ބިދޭސީންނެވެ. އިއްޔްވެސް ގިނަ ބަޔަކު ޕޮޒިޓިވް ވިއެވެ. ރޭގެ ނިޔަލަށް 719 މީހަކު އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބިއިރު 1،521 މީހުން ކަރަންޓީންގައި އެބަތިއްބެވެ.

ކޮވިޑް-19 ޖެހިގެން ރާއްޖޭގައި މިހާތަނަށް ތިން މީހަކު ވަނީ މަރުވެފަ އެވެ. އެއީ ދެ ދިވެހިންނާއި ބިދޭސީއެކެވެ. ރާއްޖެއިން ކޮވިޑް ޖެހިގެން ފުރަތަމަ މަރުވީ 83 އަހަރުގެ ދިވެހި އަންހެނެކެވެ. އޭގެ ފަހުން މަރުވެފަ ވަނީ ސިފައިންގޭގެ ގުދަނެއްގައި މަސައްކަތް ކުރަމުން ދިޔަ ބަންގްލަދޭޝް މީހެކެވެ. މަރުވި ތިން ވަނަ މީހާއަކީ ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާ ދެމުންދިޔަ 80 އަހަރުގެ ފިރިހެނެކެވެ.