ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

އިތުރު 78 މީހަކު ކޮވިޑުން ރަނގަޅު ވެއްޖެ

ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން އިތުރު 78 މީހަކު ރަނގަޅު ވެއްޖެ އެވެ.

މިރޭ އެންއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން އިތުރު ބަޔަކު ބަލިން ރަނގަޅުވެފައިވާ ކަމަށެވެ.

މި ނަމްބަރުތަކާއެކު ރަނގަޅުވީ މީހުންގެ އަދަދު 232 އަށް އެރީ އެވެ. އިއްޔެ ވެސް 32 މީހަކު ކޮވިޑުން ރަނގަޅުވި އެވެ. އަދި މިއަދު ވަނީ 46 ރަނގަޅުވި އެވެ. މިއަދު ރަނގަޅުވީ މީހުންގެ ތެރޭގައި ހިމެނެނީ 30 ބަންގްލަދޭޝް މީހުންނާއި އިންޑިއާގެ ހަތަރު މީހަކާއި 10 ދިވެހިންނެވެ. ދެން ހިމެނެނީ ނޭޕާލާއި ސްރީލަންކާގެ މީހެކެވެ.

ބައެއް މީހުން ރަނގަޅުވި އިރު މިއަދުވެސް ކޮވިޑަށް 43 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. އެ މީހުނާއެކު ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 1438 އަށް އަރާފަ އެވެ. އަދި ފަސް މީހަކު ވަނީ މި ބަލީގައި މަރުވެފަ އެވެ.

މިވަގުތު ކަރަންޓީންގައި 1817 މީހުން އެބަތިއްބެވެ. އަދި އައިސޮލޭޝަންގައި 1108 މީހަކު އެބަ ތިއްބެވެ. މިހާތަނަށް 20551 ސާމްޕަލް ވަނީ ޓެސްޓް ކުރުމަށް ނެގިފައެވެ.